--
ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމާ ގުޅޭގޮތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު ނިކް ލޯއާ، އާއިއެކު ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް، މަޝްވަރާ ކުރައްވައިފި އެވެ.
މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި، ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތް ތަކުގައި އެއްބާރުލުން އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ދެ ގައުމުން އެއްބާރުލައި މަސައްކަތް ކުރުމުގެ މުހިންމުކަމާ މެދު ވެސް ވާހަކަ ދެކެވުނު ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިއަދުގެ ބައްދަލުވުމުގެ ތެރެއިން ފަތުރުވެރި ކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެ ފަރާތުން ހިޔާލު ބަދަލު ކުރެއްވި އެވެ. އޭގެ އިތުރުން ރާއްޖެއަކީ ތިމާވެށްޓާ ރައްޓެހި ފަތުރުވެރި ކަމަށް މަޝްހޫރު ގައުމަކަށްވެފައި، އިނގިރޭސިވިލާތަކީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު ތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވުމާއެކު، މި ދާއިރާއިން އިތުރަށް އެއްބާރުލުން ބަދަހި ކުރުމުގެ މުހިންމުކަން ވެސް ފާހަގަ ކުރެވުނެވެ.
މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، މުހިންމު ދާއިރާ ތަކުން އެއްބާރުލުން އިތުރު ކުރުމަށް މަގުފަހި ވެގެންދާނެ ބައްދަލުވުމެއް ކަމުގައި ދެ ފަރާތުން ވެސް ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން
ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި
މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް
"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި
ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދެނީ، ތިން މަހުގެ ކޯހެއް ފުރިހަމަކުރަންޖެހޭ
ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފި
އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރަށް ފަސްކޮށްދީފި
"މާފަރުގެ ހިއްކި ސަރަހައްދުގައި ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް މިއަހަރު ފަށާނަން"
ކޮމެންޓް