--
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ކުވޭތަށް ފުރާވަޑައިގެންފި އެވެ.
މިއީ ކުވޭތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ފޮރިން މިނިސްޓްރީން ބުނީ ހަލީލްގެ މި ދަތުރުފުޅުގައި ކުވެއިތުގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައި، ރާއްޖެ އާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމުގެ މައްޗަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއު ތަކަށް ބޭނުންވާ އެހީ ހޯދުމާގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.
މީގެ އިތުރުން، ކުވޭތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި، މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާއި ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
ކުވޭތަކީ ރާއްޖޭއަށް ތަރައްގީގެ ތަފާތު އެކި މަޝްރޫއު ތަކަށް އެހީތެރިވެދޭ ގައުމެކެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތް ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.
އަދި މީގެ އިތުރުން ވެސް ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ދެމުން އަންނަ އެހީތެރިކަމަކީ ވެސް ފާހަގަކޮށްލެވޭ އެހީތެރިކަމެކެވެ.
2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން
ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި
މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި
ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި
"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި
ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދެނީ، ތިން މަހުގެ ކޯހެއް ފުރިހަމަކުރަންޖެހޭ
ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފި
އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރަށް ފަސްކޮށްދީފި
ކޮމެންޓް