ޝައިހު މުޙައްމަދު ލަތީފް ހުތުބާ ދެއްވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އަތޮޅުތަކުގައި ހުކުރު ހުތުބާ ކިޔުމަށް ހުރި ދަތިތައް ހައްލު ކުރުމުގެ ގޮތުން ރަށު ކައުންސިލަރުންނަށް ހުތުބާ ކިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުގުހުރި ފަރާތް ތަކަށް، ހަތީބު ކަމުގެ 3 މަސް ދުވަހުގެ ކޯހެއް ގުރުއާން މަރުކަޒު މެދުވެރިކޮށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެ ގޮތުން މީގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.
އަދި މި ކޯހުގައި ހަތީބު ކަމަށް ބޭނުންވާ ފިގުހު، ގުރުއާން، އަގީދާ ހަދީސް ކިޔަވައިދެވޭނެ ކަމަށާއި މީގެ ގުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ގެންދެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން ގުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެ އައިސްގެން، ނުވަތަ އަތޮޅު ތަކުގައި ހުރި ގުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް ކަމަށާއި މި ޕްރޮގްރާމުގައި ކިޔަވައިދެއް ވާނީ ފުންނާބު އުސް އިލްމުވެރިން ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ބުރަށް 1 ޖޫންގައި ހުޅުވާލާ ގޮތަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ޒުވާން ހަތީބުން ޕްރޮގުރާމުގެ ދެ ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، 270 އަށްވުރެ ގިނަ ހަތީބުން މިހާތަނަށް ސަނަދު ހާސިލު ކޮށްފައިވެ އެވެ. އަދި މި ޕްރޮގުރާމުގެ ތިން ވަނަ ބުރަށް ހުޅުވާލި ފުރުސަތުގައި ޕްރޮގުރާމުގައި ބައިވެރިވުމަށް 338 ފަރާތަކުން ވަނީ ފޯމު ހުށައަޅާފަ އެވެ.
2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން
ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި
މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި
ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް
"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި
ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފި
އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރަށް ފަސްކޮށްދީފި
ކޮމެންޓް