ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން --
ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަންދިޔަ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވެދާނެ، ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެ އަންހެނުން ކަމުގައިވާ ރާޖޭޝްވަރީ ސިވަ ކުމާރު، 24، އާއި އިޝާ އެންޓޮނެޓް، 24، އެވެ.
އެ މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ފިޒިއޯ ކްލިނިކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަނިޔާ ކުރިކަން އެނގުނު ހިސާބުން ފިޔަވަޅުތައް އަޅަން ފެށި ކަމަށާއި އެ ގޮތުން އެ ކަމުގައި ޝާމިލްވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ މީހުންގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ކުލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައިވާއިރު، އެ ހާދިސާ ހިނގިއިރު، އިތުރު މުވައްޒަފަކު އެތަނުގައި ހުރިތަން ވީޑިއޯއިން ފެނެ އެވެ. އަދި އިތުރު ކުއްޖަކު ވެސް އެ ތަނުގައި ހުރި މޭޒެއްގެ ކައިރީގައި އިންނަ މަންޒަރު ފެނެ އެވެ.
އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ވަނީ މީސް މީޑިއާގައި ދައުރުވެފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން
ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި
މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި
ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް
"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި
ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދެނީ، ތިން މަހުގެ ކޯހެއް ފުރިހަމަކުރަންޖެހޭ
ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފި
އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރަށް ފަސްކޮށްދީފި
"މާފަރުގެ ހިއްކި ސަރަހައްދުގައި ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް މިއަހަރު ފަށާނަން"
ކޮމެންޓް