ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވި އައިޝަތު އަސްނާ ހަމްދީ --
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ އައިޝަތު އަސްނާ ހަމްދީ މިއަދު އެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
އަސްނާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ ގެ ތަފާތު މަގާމު ތަކުގައި 17 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ އަސްނާ، ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވިއިރު ހުންނެވީ އެ އިދާރާގެ މެނޭޖިން ޑިރެކްޓާ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ.
އައިޝަތު އަސްނާ ވަނީ 2014 ވަނަ އަހަރު ޔުނިވާސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގުރީ ހާސިލު ކުރައްވާފައެވެ.
މީގެ އިތުރުން، 2007 ވަނަ އަހަރު ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނާސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވެ އެވެ.
އަސްނާ ވަނީ މާލީ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑު ހާސިލު ކުރައްވައި، ދިރާސީ ކަރުދާސްތައް ވެސް ޝާއިއު ކުރައްވައިފަ އެވެ.
ރިލްވާން ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން
ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި
މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް
ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް
"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި
ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދެނީ، ތިން މަހުގެ ކޯހެއް ފުރިހަމަކުރަންޖެހޭ
ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފި
ކޮމެންޓް