ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން

ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބޮޑަށް ފޯކަސް ކުރާނީ އަޑީގައި ތިބެގެން އެކަން ކުރުވާ ބޮޑުން އަތުލައިގަންނަން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރޭ އޮތް "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތެރެ ކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައި، އެ މީހުން އަތުލައިގަތުމަށް ކަމަށެވެ.

އިހުސާން ވިދާޅުވީ މިހާރަކަށް އައިސް ރާއްޖެއަށް އެތެރެވާ ގިނަ މަސްތުވާތަކެތި އަންނަނީ ޕޯސްޓުގެ ޒަރިއްޔާއިން ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ބޭނުންކުރި އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުން އައިކަން ފާހަގަ ކުރައްވާ އިހުސާ ވިދާޅުވީ އެގޮތުން ކޮވިޑުގެ ކުރިން މަސްތުވާތަކެތި އެތެރެކުރި ގޮތަކީ ކަނޑުމަގުން ރާއްޖެ ގެނެސް މޫދު އަޑީގެ އެކި ތަންތަނުގައި ރައްކާކޮށްފައި ބަހައްޓަނީ ކަމަށެވެ. އަދި އެ ތަކެތި ފަހުން ނަގަނީ ކަމަށާއި ވައްޓަފާޅި އޮތީ އެވަރަށް ބަދަލުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ލޯ އެންފޯސްމެންޓް އެޖެންސީތަކުން މަސައްކަތް ކުރަމުންދާ ވަރަކަށް ބޯޑާ ސެކިއުރިޓީ ހަދުދަނާ ކުރަމުންދާ ވަރަކަށް މިކަންކަމުގައި އުޅޭ މީހުންވެސް އެމީހުންގެ އުކުޅުތައް ބަދަލު ކުރޭ. މި ފަހަކަށް އައިސް ފެނިގެން ހިނގައްޖެ ބަދިގެ ތަކުގައި ބޭނުން ކުރާ އެޕްލަޔަންސް ތެރެއަށް ލައިގެން މަސްތުވާތަކެތި އެތެރެކުރުން އިތުރުވެފައިވާކަން، މިސާލަކަށް އަވަން މިކްސާ ތަކުގެ ތެރޭގައި މެޓަލް ބޮޑީ ހުންނަ އެޕްލަޔަންސް ތެރޭގައި މިކަން ކުރަމުން އަންނަކަން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ މީހުން ފަހާ ދުވެގެން މަސައްކަތް ހައްލު ކުރެވެން ނެތް ކަމަށާއި އެހެންކަމުން މިހާރު މި ދަނީ އެފަދަ މީހުންގެ ގެންގުޅޭ ފައިސާ އާއި މަސްތުވާތަކެތީގެ ވިޔަފާރި ފަހަތުން ކަމަށެވެ.   

އެމަނިކުފާނުގެ ވާހަފުޅުގައި ވަނީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަށް ޓަކައި، ވަކިން ހާއްސަކޮށް ލޯ އެންފޯސްމަންޓް އެޖޭންސީތައް މެދުވެރިކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށާއި މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

"މުޅި ރާއްޖެއަށް ފުޅާކޮށްގެން އޮޕަރޭޝަންތަކެއް އެބަ ހިންގަން. މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ ވެރިންނަށް އަމާޒުކޮށްގެން ޕައިލެޓް އޮޕަރޭޝަނެއް ހިންގާފައިވަނީ ފުވައްމުލަކުގައި. މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑު ދެ މީހުން ވަނީ ހައްޔަރުކޮށްފައި. އެ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅި އެ މީހުންގެ މައްސަލަތައް އެދަނީ ކޯޓުތަކުގައި ބަލަމުން،" އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް

team

ހުޅުމާލޭ ވިނަރެސް ޓަވަރުގައި އެޗުޑީސީގެ އޮފީހެއް ހުޅުވައިފި

2 ގަޑިއިރު ކުރިން
team

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ހާއްސަ ސަޕޯޓް ގުރޫޕު ތަކެއް ފަށައިފި

3 ގަޑިއިރު ކުރިން
team

ރިލްވާން ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

4 ގަޑިއިރު ކުރިން
team

2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި

5 ގަޑިއިރު ކުރިން
team

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން

7 ގަޑިއިރު ކުރިން
team

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި

8 ގަޑިއިރު ކުރިން
team

މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް

21 ގަޑިއިރު ކުރިން
team

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި

21 ގަޑިއިރު ކުރިން
team

ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި

22 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް

22 ގަޑިއިރު ކުރިން
team

"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި

1 ދުވަސް ކުރިން
team

ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy