ރިލްވާން ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މޫސާ ރިލްވާން --

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޓީވީ މޯލްޑިވްސްގެ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރެއްގެ މަގާމް ހުސްވެފައި ވަނީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޒީން އިސްތިއުފާ ދެއްވުންނެވެ.

ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މުޅިއެކު 10 ނަމެއް މަޖިލީހަށް ފޮނުއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ރުހުން ހޯދުމަށް ވޯޓަށް އެހިއެވެ. ލިސްޓުގެ ފުރަތަމަ ތިން ކެނޑިޑޭޓުންނާ ދެކޮޅަށް 50އަށް ވުރެ ގިނަ މެންބަރުން ދެކޮޅަށް ވޯޓު ދެއްވައިފައި ވާތީ އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފައެއް ނުވެ އެވެ.

ލިސްޓުގެ ހަތަރު ވަނައިގައި އޮތް ރިލްވާނަށް މަޖިލީހުން ރުހުން ދިނީ 70 މެންބަރުންގެ ވޯޓާ އެކު އެވެ. ރިލްވާންއާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ޖުމުލަ 71 މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް

team

މިނިސްޓަރު ހަލީލް ކުވޭތުގެ ވަގުތީ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

10 މިނިޓު ކުރިން
team

ހުޅުމާލޭ ވިނަރެސް ޓަވަރުގައި އެޗުޑީސީގެ އޮފީހެއް ހުޅުވައިފި

5 ގަޑިއިރު ކުރިން
team

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ހާއްސަ ސަޕޯޓް ގުރޫޕު ތަކެއް ފަށައިފި

6 ގަޑިއިރު ކުރިން
team

2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި

8 ގަޑިއިރު ކުރިން
team

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން

10 ގަޑިއިރު ކުރިން
team

ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން

11 ގަޑިއިރު ކުރިން
team

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި

11 ގަޑިއިރު ކުރިން
team

މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް

1 ދުވަސް ކުރިން
team

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި

1 ދުވަސް ކުރިން
team

ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި

1 ދުވަސް ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް

1 ދުވަސް ކުރިން
team

"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy