މިނިސްޓަރު ހަލީލް ކުވޭތުގެ ވަގުތީ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ފޮރިން މިނިސްޓަރު ހަލީލް ކުވޭތުގެ ވަގުތީ ބޮޑުވަޒީރާ ބައްދަލުކުރެއްވުން: ފޮޓޯ/ ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ބޮޑުވަޒީރު  އަދި އިންޓީރިއާ މިނިސްޓަރު ޝެއިހު ފަހަދު ޔޫސުފު ސައުދު އަލް- ސަބާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ޒިޔާރަތުގައި، ރައީސް ޑރ.  މުޙައްމަދު މުއުއްޒުގެ ފަރާތްޕުޅުން ކުވޭތުގެ އަމީރު، ހިޒް ހައިނަސް، ޝެއިހު މެޝަލް އަލް- އަހުމަދު އަލް-ޖަބިރު، އަލް- ސަބަހް އަދި ކުވޭތުގެ ލީޑަރޝިޕަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެ އެވެ.

އަދި ރާއްޖެ އާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ތަފާތު އެކި ދާއިރާ ތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއު ތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރި ކަމަށް ކުވޭތު ލީޑަރޝިޕަށާއި، ކުވޭތު ސަރުކާރުގެ އިސްވެރިންނަށް މިނިސްޓަރު ހަލީލް ޝުކުރު އަދާކުރެއްވި އެވެ.

ހާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރި ކަމާއި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ދެމުން އަންނަ އެހީތެރިކަން ހަލީލް ފާހަގަ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި ކުވޭތުގެ ޑެޕިއުޓީ ބޮޑުވަޒީރު މިނިސްޓާ އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޝަރީދާ އަބްދުﷲ ސާދު އަލް-މައުޝަރީ، ބޮޑުވަޒީރު އޮފީހުގެ ޗީފް، އަބުދުލް އަޒީޒު ދާހިލް އަލް-ދާހިލް އަދި އެސިސްޓެންޓް ފޮރިން މިނިސްޓަރު ފޯ އޭޝިއަން އެފެއާޒް، ސާމިހު އީސާ ޖައުހަރު ހަޔާތު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބޭފުޅުންގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. ހަލީލުގެ އަރިހުގައި، އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާއާއި ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

team

ލޯންޗެއްގެ ބުރަފަތިން ޖެހި މީހެއްގެ އަތް ބުރިވެއްޖެ

5 ގަޑިއިރު ކުރިން
team

ހުޅުމާލޭ ވިނަރެސް ޓަވަރުގައި އެޗުޑީސީގެ އޮފީހެއް ހުޅުވައިފި

11 ގަޑިއިރު ކުރިން
team

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ހާއްސަ ސަޕޯޓް ގުރޫޕު ތަކެއް ފަށައިފި

12 ގަޑިއިރު ކުރިން
team

ރިލްވާން ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

13 ގަޑިއިރު ކުރިން
team

2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި

14 ގަޑިއިރު ކުރިން
team

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން

16 ގަޑިއިރު ކުރިން
team

ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން

17 ގަޑިއިރު ކުރިން
team

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި

17 ގަޑިއިރު ކުރިން
team

މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް

1 ދުވަސް ކުރިން
team

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި

1 ދުވަސް ކުރިން
team

ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި

1 ދުވަސް ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy