--
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނަފުސާނީ އެހީތެރިކަމާއި، ބެލެނިވެރިކަމުގެ ހުނަރުތައް ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ސަޕޯޓް ގްރޫޕު ތަކެއް ފަށައިފި އެވެ.
މިއީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ އާއި މަމްސް އެއިޑްއާއި ގުޅިގެން ކުރިއަށް ގެންދާ ސަޕޯޓު ގުރޫޕުތަކެކެވެ.
އެ މިނިސްޓްރީން ބުނީ މިއީ ހުޅުމާލޭ ފޭސް 2 ގައި ކުރިއަށް ގެންދިޔަ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު ކަންކަމާ ގުޅުވައިގެން ފެށި ޕްރޮގްރާމްތަކެއް ކަމަށެވެ.
މި ޕްރޮގްރާމްގެ އަމާޒަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތް ތަކުގެ ތެރެއިން، މި ސަޕޯޓް ގުރޫޕުގައި ބައިވެރިވާން ބޭނުންވާ ފަރާތް ތަކަށް އެކަކު އަނެކަކަށް އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާ ކުރުމާއި، އެކަކު އަނެކަކަށް ހިތްވަރު ދިނުމާއި، ކުދިން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުން ތަކުން އަރައި ގަތުމަށް ހިތްވަރު ހޯދާ ގޮތް ތަކާއި، ކުދިން ބަލަހައްޓަމުން އަމިއްލަ ނަފުސަށް ވަގުތު ހޯދުމާއި، އަމިއްލަ ނަފުސު ބަލަހައްޓާނެ ގޮތްތައް ކިޔައިދިނުމާއި، އެފަދަ މަޢުލޫމާތުތައް ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސަޕޯޓް ގުރޫޕުގެ ފުރަތަމަ ބެޗު ވަނީ ރޭގައި ފަށައިގެން ކުރިއަށް ގެންގޮސްފައެވެ.
މިނިސްޓްރީން ބުނިގޮތުގައި އެކި ބެޗުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތް ތަކުގެ ތެރެއިން، ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތް ތަކަށް އެ ފުރުސަތު ލިބިގެންދާނެ އެވެ.
ލޯންޗެއްގެ ބުރަފަތިން ޖެހި މީހެއްގެ އަތް ބުރިވެއްޖެ
މިނިސްޓަރު ހަލީލް ކުވޭތުގެ ވަގުތީ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ހުޅުމާލޭ ވިނަރެސް ޓަވަރުގައި އެޗުޑީސީގެ އޮފީހެއް ހުޅުވައިފި
ރިލްވާން ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން
ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި
މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި
ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް
ކޮމެންޓް