--
މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ހަދާފައިނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ޔުމްނު ވެއްޓިފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ މަތިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ޔުމްނުއަށް މިވަގުތު ފަރުވާދެމުން އަންނަނީ މެލޭޝިޔާގެ ހޮސްޕިޓަލެއްގަ އެވެ.
ރޭ ކުރިއަށްދިޔަ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ ޔުމްނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ހަދާފައިވާކަން ފާހަގަވެފައިނުވާ ކަމަށާއި އެ ފަދަ ކަމެއް ފާހަގަ ކުރެއްވިއްޖެ ނަމަ، އެކަން ބަލާނެ ކަމަށެވެ.
އިހުސާން ވިދާޅުވީ އެ ފަދަ މައްސަލައެއް އަންނަ ދުވަހަކުން އެކަން ބަލާނެ ކަމަށާއި ބެލުމަށްފަހު، ފިޔަވަޅު ނާޅައިފި ނަމަ އެއީ އެމަނިކުފާނާ މެދު ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ކަމަށެވެ.
"އެފަދަ ކަމެއް އަންނަ ދުވަހަކުން އަޅުގަނޑުމެން އެކަން ބަލާނަން. އެއަށްފަހު، ފިޔަވަޅު ނާޅަފިއްޔާ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެއީ އަޅުގަނޑާ ދެތޭރޭގައި ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ޔުމްނުއަކީ ރޭޕްކޮށް އިމާރާތެއްގެ މަތިން ވައްޓާލި މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރި ކަމަށާއި އެކަމަކު ސީސީޓީވީ ފުޓޭޖުތައް ބެލުމުން އެއީ ހަގީގަތެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ރޭ އޭނައާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ މިދިޔަ މަހުގެ 24 ގައި ހައްޔަރުކޮށްފަ އެވެ. އަދި ރައުދުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު ފަސް ދުވަސް ދީފަ އެވެ.
ހުޅުމާލޭ ވިނަރެސް ޓަވަރުގައި އެޗުޑީސީގެ އޮފީހެއް ހުޅުވައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ހާއްސަ ސަޕޯޓް ގުރޫޕު ތަކެއް ފަށައިފި
ރިލްވާން ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި
ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި
މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި
ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް
"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި
ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ކޮމެންޓް