"މާފަރުގެ ހިއްކި ސަރަހައްދުގައި ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް މިއަހަރު ފަށާނަން"

މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން

ނ.މާފަރުގައި އަލަށް ހިއްކާފައިވާ ބިން ގިރަމުންދާތީ، އެ ސަރަހައްދުގައި ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، މިކަމާ ގުޅިގެން މާފަރު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކޮށް، މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް މިނިސްޓަރާ ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުންނެވެ.

IMG_6862.jpeg

މާފަރުގައި ހިއްކާފައިވާ ސަރަހައްދު-

"މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި 20 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރި. އަދި މި ސަރުކާރުން ވަނީ އިތުރު 5 ހެކްޓަރު އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވެފަ. އިތުރުކޮށްދެއްވި 5 ހެކްޓަރާއެކީގައި މިހާރު ހިއްކި ސަރަހައްދުންވެސް ބޮޑުބައެއް ގިރައިގެން ގޮސްފައިވާތީ، ރިވެޓްމަންޓް ޖެހުމާއެކީ އެ މަސައްކަތް ކިހާތާކު ކުރިއަށްދާނެތޯ" – މެމްބަރު ޙުސްނީގެ ސުވާލުގައި ވިދާޅުވިއެވެ.

JHsww3QmsFlucqAc5fnKh7lBQKVit6NpKBCA8P6j.jpg

-މިއަދުގެ މަޖިލިސް ޖަލްސާގައި ޙުސްނީ މުބާރިކް މިނިސްޓަރ އާ ސުވާލު ކުރަނީ-

މި ސުވާކުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، މާފަރު ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ޝޯ ޕްރޮޓެކްޝަން ހިމެނިފައިނުވާ ކަމަށާއި، އެހެންކަމުން ސަރުކާރުން ޖެހޭނީ އާ މަޝްރޫޢެއް ފޯމިއުލޭޓްކޮށްގެން ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށެވެ.

"އެހެންވީމަ އެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. މިއަހަރުގެ ތެރޭގައި އިދާރަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ކުރިއަށްގެންދާއިރުގައި އަޅުގަނޑުމެން ސަރުކާރުން އިޢުލާންކޮށްފައި އޮތް އިތުރު 5 ހެކްޓަރުއޭގެ ތެރެއަށް އެޑްކޮށްގެން ކުރިއަށްގެންދާނެ ވާހަކަ ދަންނަވަން." މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ، ނ.މާފަރަކީ މިދިޔަ ސަރުކާރުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔަ ގޮތުން ހަމައެކަނި ބިން ހިއްކުން ހިމަނާފައި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައި އޮތް ރަށްތަކުގެ ތެރެއިން ރަށެއް ކަމަށާއި، އެގޮތަށް ޕްރޮޖެކްޓް ހިންގާފައި ހުރި އިތުރު ރަށްތައްވެސް އެބަ ހުރި ކަމަށެވެ.

hCToXYhjw8mEVK1X2tB3HV7PJUOplvkJY4ryL0Rm.jpg

-މިނިސްޓަރ މިއަދުގެ ޖަލްސާގައި-

"ޝޯ ޕްރޮޓެކްޝަން ނުހިމަނާ ހަމައެކަނި ވެލި އަޅާލާގޮތަށް ހިންގާފައި ހުރި މަޝްރޫޢުތައް އެބަހުރި. އޭގެތެރޭގައި އަޅުގަނޑު ހަނދާނަށް އެބައާދޭ ކޮލަމާފުށިވެސް. އަދިވެސް އެހެން ރަށްތައް އެބަހުރި. އެ ޕްރޮޖެކްޓްގެ ތެރޭގައި ޝޯ ޕްރޮޓެކްޝަން ހިމެނިފައިނުވާތީވެ ސަރުކާރުން ޖެހޭނީ އާ މަޝްރޫޢެއް ފޯމިއުލޭޓްކޮށްގެނ ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަން" މިނިސްޓަރ ވިދާޅުވިއެވެ.

މާފަރުގައި އަލަށް ހިއްކި ބިމުން ބޮޑުބައެއް ގިރަމުން އަންނައިރު، ރަށުގެ ރައްޔިތުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

team

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން

1 ގަޑިއިރު ކުރިން
team

ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން

2 ގަޑިއިރު ކުރިން
team

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި

3 ގަޑިއިރު ކުރިން
team

މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް

15 ގަޑިއިރު ކުރިން
team

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި

16 ގަޑިއިރު ކުރިން
team

ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި

16 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް

17 ގަޑިއިރު ކުރިން
team

"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި

21 ގަޑިއިރު ކުރިން
team

ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދެނީ، ތިން މަހުގެ ކޯހެއް ފުރިހަމަކުރަންޖެހޭ

22 ގަޑިއިރު ކުރިން
team

ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފި

23 ގަޑިއިރު ކުރިން
team

އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރަށް ފަސްކޮށްދީފި

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy