ހައްޖުވެރީންނަށް ބޭންކު ރޭޓުގައި އިތުރު 1750 ޑޮލަރު ދިނުމަށް ރައީސް ނިންމަވައިފި

ރައީސް ޑރ. މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރު ރާއްޖެއިން ހައްޖަށްދާ ފަރާތްތަކަށް ބޭންކު ރޭޓުގައި އިތުރު 1750 ޑޮލަރު ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދިވަޑައިގެންފި އެވެ.

ރައީސް، ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މި އަހަރު ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖު ވެރިއެއްގެ ބޭންކު އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި އެދެފައިވާ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށް ޓަކައި ރައީސް ވަނީ ބޭންކް އޮފް މޯލްޑިވްސް އަށް ޝުކުރު ދަންނަވާފަ އެވެ.

ބީއެމްއެލް ޑެބިޓް ކާޑަށް އިތުރުކުރި 1750 ޔޫއެސް ޑޮލަރާއެކު، ޑެބިޓް ކާޑުތަކަށް މިހާރު ކަނޑައަޅާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓު ވެސް ލިބޭނެ އެވެ. އެހެންކަމުން މި ބަދަލާ ގުޅިގެން ކޮންމެ ހައްޖުވެރިޔަކަށް ބީއެމްއެލް ޑެބިޓް ކާޑުން 2،000 ޑޮލަރުގެ ލިމިޓެއް މިހާރު ލިބޭނެ އެވެ.

ކޮމެންޓް

team

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ނަހަދާ: އިހުސާން

1 ގަޑިއިރު ކުރިން
team

ބޮޑަށް ފޯކަސް ކުރާނީ ޑުރަގުގެ ބޮޑުން އަތުލައިގަންނަން: އިހުސާން

2 ގަޑިއިރު ކުރިން
team

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެލު މީހަކު ހައްޔަރުކޮށްފި

2 ގަޑިއިރު ކުރިން
team

މޫސުން ގޯސްވާނެތީ، ށ އަތޮޅުން ފަށައިގެން ގދ އަތޮޅަށް ވައިޓް އެލާޓް

15 ގަޑިއިރު ކުރިން
team

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވައިފި

15 ގަޑިއިރު ކުރިން
team

ފަތުރުވެރިކަން ތަރައްގީ ކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއެކު މަޝްވަރާކޮށްފި

16 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް

16 ގަޑިއިރު ކުރިން
team

"މޯލްޑިވްސް އެކްސްޕޯ 2025"ގައި ވާދަކުރުމުގެ ބައިން ހުށަހެޅި ތަކެތި ބަލައިގަންނަން ފަށައިފި

21 ގަޑިއިރު ކުރިން
team

ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

21 ގަޑިއިރު ކުރިން
team

ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދެނީ، ތިން މަހުގެ ކޯހެއް ފުރިހަމަކުރަންޖެހޭ

22 ގަޑިއިރު ކުރިން
team

ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފި

23 ގަޑިއިރު ކުރިން
team

އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރަށް ފަސްކޮށްދީފި

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy