ދިލަކަނީގެ ހޫނުން އުފެދުނު ސަޒާ - "ކަމަނާ" ކިޔައިދެނީ އިޖްތިމާޢީ ބޮޑު މައްސަލައެެއްގެ ވާހަކަ!

ދިވެހި ފިލްމް ކަމަނާ އަކީ ދިވެހިރާއްޖޭގައި ޢާންމުވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ޙާދިސާ އަކަށްއުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރ ޙުސައިން މުނައްވަރު އެވެ.

ސެޓާރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދައި މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް "ކަމަނާ" ފިލްމްގެ ޓިކެޓްގެ ޑިމާންޑްވެ ކޮންމެ ހަފްތާ ބަންދެއްގައި އިތުރު ޝޯވތަކެއް ދެއްކުމަށް ވަނީ ނިންމާފައެވެ.

IMG_0814.jpeg

ސެޓަރން ސްޓޫޑިއޯގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ 27 އޯގަސްޓް އިން 14 ސެޕްޓެމްބަރަށް ފިލްމް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 6 ޝޯވ ގެ ޓިކެޓް އެއްކޮށް ވިކި ހުސްފައިވާ ކަމަށާއި، އަދި އޮލިމްޕަސް ސިނަމާ އިތުރު މުއްދަތަކަށް ލިބެން ނެތުމުން ޑިމާންޑަށް ބަލައި ކޮންމެ ހަފްތާ ބަންދެއްގައި އިތުރު ޝޯވތަކެއް ދެއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 27 އޯގަސްޓް އިން ފެށިގެން 14 ސެޕްޓެމްބަރާއި ހަމަޔަށް ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 20:30 ގެ ޝޯވގެ އިތުރުން 23:30 ގެ ޝޯވގެ ޓިކެޓް މާދަމާއިން ފެށިގެން ވިއްކަން ފަށާނެ ކަމަށާއި 7458800 އަށް ވައިބަރ ކޮށްގެން ޓިކެޓް ގަނެވޭނެ ކަމަށް އޮފިޝަލު ބުނެފައިވެއެވެ.

ceef2c41-3e0a-4fce-ba3b-fb18c9bcfe85.jpeg

މި ފިލްމް ފެށެނީ ހއ. މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން ކަމަށްވާ ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބި، ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ.

ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދެ އެވެ. އަދި

މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް މަރިޔަމް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލެވެ. އަދި މިއީ އައްޒަގެ ފިލްމީ ކެރިއަރުގައި އޭނާ ފެނިފައި ނުވާފަދަ ރޯލެކެވެ.

IMG_0815.jpeg

ފިލްގައި ހައިދަރުގެ ބައި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދާކުރާއިރު، މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ.

ފިލްމުގައި އާމިނަތު ރަޝްފާ (އާޝާ)، މުހައްމަދު ރަޝީދު (ދަރާ)، މުހައްމަދު މަނިކު އަދި އައިޝަތު ނަތާޝާ ޖަލީލް (ނަތާ) ގެ މުހިންމު ރޯލުތައް ވެސް ފެނިގެންދެ އެވެ.

ކޮމެންޓް

team

ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް

13 ގަޑިއިރު ކުރިން
team

ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

14 ގަޑިއިރު ކުރިން
team

ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި

18 ގަޑިއިރު ކުރިން
team

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

20 ގަޑިއިރު ކުރިން
team

ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!

20 ގަޑިއިރު ކުރިން
team

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީ އަންހެނަކު ކެފޭއަކުން ހައްޔަރުކޮށްފި

21 ގަޑިއިރު ކުރިން
team

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ

21 ގަޑިއިރު ކުރިން
team

ދަފުތަރުގައި ރެޖިސްޓްރީވެފައިވާ 36 މަސްވެރިއަކަށް މާލީ އެހީތެރިކަން

22 ގަޑިއިރު ކުރިން
team

ޒިންމާދާރު ކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ގެއްލުން ލިބޭ: ރައީސް

22 ގަޑިއިރު ކުރިން
team

އިޒުރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ މުއާމަލާތެއް ނުކުރަން: އެމްއޭސީއެލް

1 ދުވަސް ކުރިން
team

ފަނޑިޔާރުގެއަށް އަތް ބާނާ، ޖުޑިޝަރީއަށް ނުފޫޒު ފޯރުވީ ރައީސް ނަޝީދު: ލަތީފް

1 ދުވަސް ކުރިން
team

ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy