ރައީސް ޑރ. މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ލިޔުންތެރީންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވޭ ކަމަށާއި، ހަމަ އެހެންމެ، ޒިންމާދާރު ކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ގެއްލުން ލިބޭކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ، ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ.
ރައީސް ވިދާޅުވީ ލިޔުންތެރީން ވާންޖެހޭނީ، އަމިއްލަ ދީނާއި އަމިއްލަ ގައުމާއި އަމިއްލަ ވަތަނުގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ކަމަށެވެ.
ލިޔުންތެރީންގެ ދައުރެއް ނެތް ދާއިރާއެއް ގައުމެއްގައި ނިސްބަތުން ނޯންނަކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ފަރުދީ، މަދަނީ އަދި ބައިނަލްއަގުވާމީ ގުޅުންތަކުގެ އިތުރުން ދީނީ، ތައުލީމީ، ވިޔަފާރި އަދި ސިޔާސީ ދާއިރާގައި ވެސް ލިޔުންތެރީން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
އަދި އެ ހުރިހާ ދާއިރާއެއްގައި ލިޔުންތެރީންގެ ދައުރު އޮންނަ ހިނދު، ގައުމީ ހިދުމަތުގައި ލިޔުންތެރީން އަދާކުރަން ޖެހޭ ޒިންމާ އާއި ލިޔުންތެރިކަމުގެ ހައްސާސް ޒާތުގެ މަތީން އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފަ އެވެ.
އެގޮތުން ލިޔުންތެރީންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ހަމަ އެހެންމެ، ޒިންމާދާރު ކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ގެއްލުން ލިބޭ ކަމަށެވެ.
އެމަނިކުފާނުގެ ހިތޯބުގައި ވަނީ ދިވެހި ގައުމު ބިނާކުރުމުގައި، ލިޔުންތެރީން އެކި ދާއިރާތަކުން މުހިންމު ހިދުމަތްތައް ކުރައްވާފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
އަދުގެ ލިޔުންތެރީންނަށް އެމަނިކުފާނު އިލްތިމާސް ކުރައްވާފައި ވަނީ، ދިވެހީންގެ މަސްލަހަތާއި ކުރިއެރުމަށް ޓަކައި ގަލަންތައް ހަރަކާތްތެރި ކުރުވުމަށާއި، އާ ހިޔާލުތަކާއި އާ ތަސައްވުރު ތަކުން ދިވެހި ފަތްފުށްތައް މުއްސަނދި ކުރުމަށެވެ.
މި ދުވަހުގެ މުނާސަތުގައި ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ، ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ގައުމީ ޒިންމާގެ އަގުވަޒަން ކުރައްވައި، ލިޔުންތެރިންނަށް ތާރީފުގެ ބަސްތަކާއި ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަ ކުރަނީ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ ގޮތުގަ އެވެ.
ރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ލިޔާށެވެ. މަގުދައްކާށެވެ." މިއެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައީ މާލެ ސަރަހައްދުން: އެޗްޕީއޭ
ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ވެއްޖެ
ގްރީން ގޭގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ
ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވައިފި
ތ އަތޮޅުން ފެށިގެން އައްޑޫއަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި
ސްމާޓް މީޓަރު ހަރުކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ
ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް
ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި
ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި
ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!
ކޮމެންޓް