ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވައިފި

ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވަން ބޭއްވި ސެޝަން: ފޮޓޯ/ ޕޮލިސް

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހީން ރައްކާތެރިކޮށް ހޭލުންތެރިކުރުވާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން މި ސެޝަން އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ އިސްރަށްވެހީންގެ ނާދީގަ އެވެ.

މި ސެޝަނުގައި، ސްކޭމްތަކުގެ ބާވަތް ތަކާއި ހާއްސަކޮށް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލު ތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތް ތަކުން ރައްކާތެރި ކުރުވުމަށް މައުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން، އިސްރަށްވެހީންނަކީ ސްކޭމް ކުރާ ފަރާތް ތަކުގެ ޝިކާރަ އަކަށް ވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށްވާތީ، އެ ފަދަ އަމަލު ތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަން ކިޔައީފައިވެ އެވެ.

އެގޮތުން، ނުދަންނަ ނަންބަރު ތަކުން ގުޅިޔަސް އަދި އެފަދަ ނަންބަރަކުން މެސެޖެއް އައިކަމުގައިވިޔަސް ޖަވާބު ނުދިނުމަށާއި ގޮތްނޭނގޭ އެއްވެސް ލިންކަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

އަދި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓާއި ކޭޝްކާޑާއި ޕިން ނަމްބަރު ފަދަ މައުލޫމާތު ނުދިނުމަށާއި ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލު ވުމަށް ބުނެދީފައިވެ އެވެ.

ފުލުހުން ބުނީ މުޖުތަމައުގެ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ހާއްސަކޮށް އިސްރަށްވެހީންނަށް ދިމާވެދާނެ މާލީ ގެއްލުން ތަކުން ރައްކާތެރިކޮށް، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ޓަކައި މި ސެޝަނަކީ ވަރަށް މުހިންމު ސެޝަނެއް ކަމުގައި އިސްރަށްވެހިންގެ ނާދީގެ ފަރާތުން ފާހަގަކުރި ކަމަށެވެ.

ކޮމެންޓް

team

ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައީ މާލެ ސަރަހައްދުން: އެޗްޕީއޭ

3 ގަޑިއިރު ކުރިން
team

ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

3 ގަޑިއިރު ކުރިން
team

ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ވެއްޖެ

3 ގަޑިއިރު ކުރިން
team

ގްރީން ގޭގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ

4 ގަޑިއިރު ކުރިން
team

ތ އަތޮޅުން ފެށިގެން އައްޑޫއަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި

6 ގަޑިއިރު ކުރިން
team

ސްމާޓް މީޓަރު ހަރުކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

7 ގަޑިއިރު ކުރިން
team

ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް

23 ގަޑިއިރު ކުރިން
team

ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

23 ގަޑިއިރު ކުރިން
team

ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި

1 ދުވަސް ކުރިން
team

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން
team

ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!

1 ދުވަސް ކުރިން
team

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީ އަންހެނަކު ކެފޭއަކުން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy