ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!

ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔުން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިޔާ އިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ޔަހްޔާ ހަސަން އަލްގަތާނީ، މިއަދު އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތް ކުރައްވުމާ އެކު ވުޒާރާއިން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މިއަދު ހެނދުނު ސަފީރު މިނިސްޓްރީއަށް ޒިޔާރަތް ކުރެއްވުމުން އެ މިނިސްޓްރީން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އަދި މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންނެވެ.

އެއަށްފަހު އެމަނިކުފާނުވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އަދި އެ ޒިޔާރަތުގައި މިނިސްޓްރީގެ އިސްވެރިންނާ ސަފީރު ބައްދަލު ކުރައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ ސައުދީ ސަރުކާރުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި މެދު ބަހައްޓާ ގާތްކަމަށް ޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ރާއްޖޭގައި ހުންނަ ސައޫދީގެ އެމްބަސީން މިނިސްޓްރީގެ ކަންކަމުގައި ބަހައްޓާ އިސްކަމާއި ދެމުން އަންނަ އެހީތެރިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ސައުދީ ސަފީރަށް އަރުއްވާފަ އެވެ.

ކޮމެންޓް

team

ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ވެއްޖެ

14 މިނިޓު ކުރިން
team

ގްރީން ގޭގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ

33 މިނިޓު ކުރިން
team

ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވައިފި

1 ގަޑިއިރު ކުރިން
team

ތ އަތޮޅުން ފެށިގެން އައްޑޫއަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި

3 ގަޑިއިރު ކުރިން
team

ސްމާޓް މީޓަރު ހަރުކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

4 ގަޑިއިރު ކުރިން
team

ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް

19 ގަޑިއިރު ކުރިން
team

ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

20 ގަޑިއިރު ކުރިން
team

ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި

1 ދުވަސް ކުރިން
team

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން
team

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީ އަންހެނަކު ކެފޭއަކުން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ

1 ދުވަސް ކުރިން
team

ދަފުތަރުގައި ރެޖިސްޓްރީވެފައިވާ 36 މަސްވެރިއަކަށް މާލީ އެހީތެރިކަން

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy