ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި

އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑީއެމްޑީ ފަޒީލް ރަޝީދު --

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒީލް ރަޝީދު، އެ މަގާމުން ވަކިކޮށްފި އެވެ.

އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުން ފަޒީލް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ޖޫން، 19ގަ އެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނީ މާދަމާއިން ފެށިގެން ފަޒީލް، އެ މަގާމުން ވަކި ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާ ކަމަށެވެ. އެއީ ކުންފުނީގެ  މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާ އެކު އިސްމަގާމެއްގައި މުސާރަޔާ އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކޭ ކަމަށް އެމްޑަބްލިޔުއެސްސީން ފާހަގަކޮށްފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ތެރެއިން ހައްގު ނުވާ ގޯއްޗެއް ލިބުނު މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނެ އެވެ.

ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމާ ގުޅޭ ކޮރަޕްޝަން މައްސަލަ ފެންމަތިވުމުން އަމިއްލައަށް އިސްތިއުފާ ދެއްވި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެވެ.

ކޮމެންޓް

team

ގްރީން ގޭގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ

12 މިނިޓު ކުރިން
team

ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވައިފި

1 ގަޑިއިރު ކުރިން
team

ތ އަތޮޅުން ފެށިގެން އައްޑޫއަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި

2 ގަޑިއިރު ކުރިން
team

ސްމާޓް މީޓަރު ހަރުކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

3 ގަޑިއިރު ކުރިން
team

ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް

19 ގަޑިއިރު ކުރިން
team

ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

20 ގަޑިއިރު ކުރިން
team

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން
team

ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!

1 ދުވަސް ކުރިން
team

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީ އަންހެނަކު ކެފޭއަކުން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ

1 ދުވަސް ކުރިން
team

ދަފުތަރުގައި ރެޖިސްޓްރީވެފައިވާ 36 މަސްވެރިއަކަށް މާލީ އެހީތެރިކަން

1 ދުވަސް ކުރިން
team

ޒިންމާދާރު ކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ގެއްލުން ލިބޭ: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy