ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަތުގައި ސިފައިން ބޭއްވި ޕެރޭޑެއް: ފޮޓޯ/ މިހާރު

މޯލްޑިވްސް ނޭޝަނަލް ސާވިސް، (ދިވެހި ވަތަނީ ހިދުމަތް) ޕްރޮގްރާމްގައި ބައިވެރިވުމަށް ސަރުކާރުން ހުޅުވައިލި ފުރުސަތުގައި 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި އެވެ.

ނޭޝަނަލް ސާވިސްގެ ޕްރޮގްރާމަކީ ރައީސް ޑރ. މުއިއްޒުގެ ހާއްސަ އިސްނެންގެވުމަކަށް، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ދިވެހި ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ފުރަތަމަ ބުރުގައި ބައިވެރިވާން ހުޅުވައިލި ފުރުސަތުގައި 1244 ޒުވާނުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުރިމަތި ލާފައިވާ ޒުވާނުންގެ ތެރެއިން ޖިސްމާނީ، ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށް ވެސް ތަމްރީނު ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެގޮތުން ދިވެހި ވަތަނީ ހިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައި ކޮށްފައިވާ ތަރުތީބުން ލިސްޓު ތަރުތީބު ކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންނެވެ. ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިމުމާ އެކު ލަސްތަކެއް ނުވެ، ދެ ވަނަ ބުރުގެ ތަމްރީންތައް ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، އެ ކެނޑިޑޭޑަކަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ހާޒިރުވެ ސިލެކްޝަން ޕްރޮސެސްގެ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދެވޭނެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

team

ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައީ މާލެ ސަރަހައްދުން: އެޗްޕީއޭ

48 މިނިޓު ކުރިން
team

ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

1 ގަޑިއިރު ކުރިން
team

ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ވެއްޖެ

1 ގަޑިއިރު ކުރިން
team

ގްރީން ގޭގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ

1 ގަޑިއިރު ކުރިން
team

ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވައިފި

2 ގަޑިއިރު ކުރިން
team

ތ އަތޮޅުން ފެށިގެން އައްޑޫއަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި

4 ގަޑިއިރު ކުރިން
team

ސްމާޓް މީޓަރު ހަރުކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

5 ގަޑިއިރު ކުރިން
team

ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް

20 ގަޑިއިރު ކުރިން
team

ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި

1 ދުވަސް ކުރިން
team

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން
team

ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!

1 ދުވަސް ކުރިން
team

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީ އަންހެނަކު ކެފޭއަކުން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy