ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުން: ފޮޓޯ/ އެމްޓީސީސީ

ނ. ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

މި މަޝްރޫއުގެ ދަށުން، 30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބާ ބޭސިން ފުންކުރުމާއި، 3,990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެ އެވެ. އަދި 145 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ އެއްގަމުތޮށި ލުމާއި، 125 މީޓަރު ދިގު ހަ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މިއީ މުޅި ޖުމުލަ 49.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފޮއްދޫގެ އާބާދީގައި 504 މީހުންގެ ދިރިއުޅެ އެވެ. މި ރަށުގެ ރައްޔިތުން އާއްމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. މި ރަށަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. މި ރަށުގައި ފަސް ގެސްޓް ހައުސް މިވަގުތު އަންނަނީ ހިންގަމުންނެވެ.

ނަމަވެސް، ބަނދަރެއް މީގެ ކުރިން މި ރަށުގައި ހެދިފައި ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރީންނާއި އެ ނޫން މީހުން ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީ އެކެވެ. އެކަމުގެ ދަތިތައް އެފަރާތްތަކުން ދަނީ މެދުނުކެނޑި ތަހައްމަލު ކުރަމުންނެވެ.

އެމްޓީސީސީން ބުނީ މިއަދު އަމަލީ މަސައްކަތް ފެށުނު ބަނދަރުގެ މަސައްކަތް ނިމުމާ އެކު، ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރީންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބ ޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައިފަ އެވެ.  1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގަ އެވެ.

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ކޮމެންޓް

team

"ފަލަސްތީނު ރައްޔިތުން ވަޒަނުން ނެރެލުމުގެ ސްޓްރެޓެޖީ ވާނީ ފެއިލް"

1 ގަޑިއިރު ކުރިން
team

ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައީ މާލެ ސަރަހައްދުން: އެޗްޕީއޭ

5 ގަޑިއިރު ކުރިން
team

ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ވެއްޖެ

6 ގަޑިއިރު ކުރިން
team

ގްރީން ގޭގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ

6 ގަޑިއިރު ކުރިން
team

ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވައިފި

7 ގަޑިއިރު ކުރިން
team

ތ އަތޮޅުން ފެށިގެން އައްޑޫއަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި

8 ގަޑިއިރު ކުރިން
team

ސްމާޓް މީޓަރު ހަރުކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

10 ގަޑިއިރު ކުރިން
team

ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް

1 ދުވަސް ކުރިން
team

ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

1 ދުވަސް ކުރިން
team

ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި

1 ދުވަސް ކުރިން
team

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން
team

ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy