--
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ނިންމައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މާފަރު އެއަޕޯޓު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އެވެ. އެ ރަސްމިއްޔާތުގައި އަބޫދާބީ ފަންޑުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިފެންފަ އެވެ.
މުޅިއެކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން 2،200 މީޓަރުގެ ރަންވޭއަށް 650 މީޓަރު އިތުރުކޮށްފައިވެ އެވެ. އެހެންކަމުން މިހާރު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ބޮއޭންގ 777 ފުލައިޓް ޖެއްސޭ އެއާޕޯޓެކެވެ.
އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ އޭ330 މަތިން ބޯޓެއް ވަނީ އެ އެއާޕޯޓަށް ޖައްސާފައިވެ އެވެ.
މާފަރު އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދިޔައީ އަބޫދާބީ ފަންޑު (އޭޑީއެފްޑީ) ގެ އެހީގަ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައީ މާލެ ސަރަހައްދުން: އެޗްޕީއޭ
ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ވެއްޖެ
ގްރީން ގޭގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ
ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވައިފި
ތ އަތޮޅުން ފެށިގެން އައްޑޫއަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި
ސްމާޓް މީޓަރު ހަރުކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ
ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް
ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި
ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި
ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!
ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީ އަންހެނަކު ކެފޭއަކުން ހައްޔަރުކޮށްފި
ކޮމެންޓް