ފިޝަރީޒް މިނިސްޓަރު ޝިޔާމް މަސްވެރިންނާ ސަލާމް ކުރައްވަނީ --
މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް 30 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ 62 މަސްވެރިއެއްގެ އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާ ކަމަށާ އޭގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށެވެ. އަދި މަސްވެރިން ލޯނު ނަގަނީ މަސްވެރިކަން ކުރާ އުޅަނދުފަހަރު މަރާމާތު ކުރުމަށާ މަސްވެރިކަމުގައި ބޭނުން ކުރާ ސަމާނު ގަތުމަށާއި މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މަސްވެރިންނަށް ޕާސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތް ކުރުން ފަދަ ކަންކަމަށް ލޯނު ލިބެން ފެށުމުން މަސްވެރި ސިނާއަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. އަދި މިހާރު މަސްވެރިކަމަށް ނިކުންނަ މީހުން ގިނަވަމުން އަންނަކަން ފާހަގަ ކުރެއްވި އެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.
މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައީ މާލެ ސަރަހައްދުން: އެޗްޕީއޭ
ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ވެއްޖެ
ގްރީން ގޭގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ
ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވައިފި
ތ އަތޮޅުން ފެށިގެން އައްޑޫއަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި
ސްމާޓް މީޓަރު ހަރުކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ
ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް
ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި
ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި
ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!
ކޮމެންޓް