އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް --
އިޒުރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒުރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލުން މިހެން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ފާހަގަ ކުރުމަށް ހަވާ އަރުވަން ހަވާލުކޮށްފައި ވަނީ އިޒުރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏަކާ ކަމަށް ބުނެ ރާއްޖެޓީވީން އާންމުކުރި ވީޑިއޯ އާއި ގުޅުވައިގެންނެވެ.
ރާއްޖެ ޓީވީން ފަތުރަމުން އަންނަ އެ ވާހަކަތައް ދޮގުކޮށް އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެމްއޭސީއެލް އަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް އަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެ ކަމާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ފަދަ އަމަލެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"ހައްދުފަހަނައަޅާފައިވާ އިޒުރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒުރޭލާއި ގުޅުން ހުރި އެއްވެސް ކުންފުންޏަކާ މި ކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައެއްނުވާނެ އެވެ. ވަކިން ހާއްސަކޮށް، ރާއްޖެޓީވީއިން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރު ކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާ ކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަން،" އެމްއޭސީއެލްގެ ބަޔާނުގައި ބުންޏެވެ.
އެމްއޭސީއެލުން ބުނީ ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާއި ހިލާފު އެ ވާހައަކީ އެއްވެސް އަސްލެއްނެތް، އަދި އެ ކުންފުނީގެ އަގު ވައްޓާލުމަށް ޓަކައި ދައުރު ކުރަމުން ގެންދާ ވާހަކަތަކެއްކަމުން، އެ ކުންފުނިން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އޭގެ އިތުރުން ނޫސްވެރިކަމުގެ ގިއުގަނޑުތަކުގެ ތެރޭގައި ތެދު ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް ވެސް އެ ކުންފުނީގެ ފަރާތުން ވަނީ ރާއްޖެޓިވީ އަށް އިލްތިމާސްކޮށްފަ އެވެ.
އެމްއޭސީއެލްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، އެ ކުންފުންޏާ މެދު އެ ފަދަ ސާބިތުނުހިފޭ، ހަގީގަތާއި ހިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެގޮތުން ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓު ކުރުން ގާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އެ މައްސަލަ ހުށައެޅުމަށް ޓަކައި މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައީ މާލެ ސަރަހައްދުން: އެޗްޕީއޭ
ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ވެއްޖެ
ގްރީން ގޭގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ
ސްކޭމްތަކާ މެދު އިސްރަށްވެހީން ހޭލުންތެރި ކުރުވައިފި
ތ އަތޮޅުން ފެށިގެން އައްޑޫއަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި
ސްމާޓް މީޓަރު ހަރުކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ
ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް
ނެޝަނަލް ސާވިސްގެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި
ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ފަޒީލް މަގާމުން ވަކިކޮށްފި
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި
ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ރަތް ދޫލައިގެ މަރުހަބާއެއް!
ކޮމެންޓް