ޕާކިން މައްސަލައަކީ މާލޭގައި ބޮޑު މައްސަލައެއް
މާލޭގެ ކަންމަތިތަކުގައި ޕާކުކުރުން ހުއްޓުވުމުގެ ގޮތުން ރަތް ރޮނގު ދަމަން މާލޭ ސިޓީ ކައުންސިލުން ވިސްނަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް މުއައްސަސާތަކުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މަނާކަމެއް ނަމަވެސް ކަންމަތިތަކުގައި އުޅަނދު ޕާކުކޮށްފައި ހުންނަ ކަމަށާއި، ރަތް ރޮނގު ދެމުމަކީ އިތުރަށް ރައްޔިތުން އެކަމަށް ސަމާލުވާން އެންގުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، ރަތް ރޮނގު ދަމާފައިވާ ތަނެއްގައި އުޅަނދެއް ޕާކުކޮށްފި ނަމަ ފުލުހުން ވަގުތުން އެ އުޅަނދެއް ޓޯ ކުރާނެ ކަމަށެވެ. އަދި މި ފިޔަވަޅު އަޅަނީ ހުރިހާ އެންމެންނަށް ފަސޭހަކުރުމުގެ މަޤްޞަދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނުގަވައިދުން ޕާކުކުރާ މަދު ބަޔެއްގެ ސަބަބުން އެންމެންނަށް އޭގެ އުނދަގޫވޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ހުރިހާ ރައްޔިތުންނަށް ފަސޭހަވާނެ ގޮތް ހަދައިދޭން،" މޭޔަރު އާޒިމް ވިދާޅުވި އެވެ.
މާލޭގައި ޕާކުކުރުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ ކަމެއްކަން ފާހަގަކުރައްވަމުން، މޭޔަރު އާޒިމް ގޮވާލެއްވީ މާލޭގެ މަގުތައް މިހާރު އޮތް ގޮތުންނާއި ވެހިކަލްތައް ގިނަވެފައިވާ މިންވަރަށް ބަލާއިރު، ރައްޔިތުން ޒިންމާދާރުކަމާއެކު ޕާކުކުރުމަށާއި، އެކަކު އަނެކަކަށް އުނދަގޫވާ ގޮތަށް ޕާކު ނުކުރުމަށެވެ. އެހެންނޫނީ މި މައްސަލަ ދުވަހަކު ވެސް ހައްލެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް