ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕް ތައާރަފްކުރުން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"ހާޖީ އެމްވީ" ނަމުގައި ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ހާއްސަ އެޕެއް މިއަދު ލޯންޗުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ތައާރަފުކުރި މި އެޕް ލޯންޗުކޮށްދެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރު ހަސަން އެވެ.

މި އެޕަކީ ފަސޭހައިން ހައްޖާއި އުމްރާއާ ބެހޭ މައުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ.

މީގެ އިތުރުން ޒިކުރު ކުރުމާއި ޠަވާފާއި ސަޔުގެ އަދަދު ކަށަވަރު ކުރާނެ ގޮތާއި ގުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތަކާއި ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާ އާއި މަދީނާގެ އިސްލާމީ ތާރީހާ ބެހޭ ވީޑިއޯ ވެސް މި އެޕުން ބެލެން ހުންނާނެ އެވެ.

އެ މިނިސްޓްރީން ބުނީ މިއީ އެޕްގެ ފުރަތަމަ ވާޝަން ކަމަށާއި މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުން ކަމަށެވެ. އޭގެ އިތުރުން އެޕަލް އެޕް ސްޓޯރުން ވެސް މި އެޕް ލިބޭނެ އިންތިޒާމް ކުރިއަށް އޮތްތަނުގައި ހަމަޖެހި، އެޕް އިތުރަށް ތަރައްގީ ކުރާނެ ކަމަށް މިނިސްޓްރީން ބުންނެވެ.

"ހާޖީ އެމްވީ" އެޕްގެ އަމާޒަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަ ކުރުމެވެ. މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތެކެވެ.

ކޮމެންޓް

team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

12 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

17 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

18 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

18 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

18 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

20 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

22 ގަޑިއިރު ކުރިން
team

އިސްލާމީ އުއްމަތަށް ދިމާވާ މައްސަލަތަކާބެހޭ މަޝްވަރާއަށް ހަލީލް ތުރުކީއަށް

1 ދުވަސް ކުރިން
team

ކަރެކްޝަން ސީޕީގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފި

1 ދުވަސް ކުރިން
team

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން "މޫދު ފެސްޓު" ފަށައިފި

1 ދުވަސް ކުރިން
team

ދައުލަތުގެ ހަރަދު 23 އިންސައްތަ ދަށްކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy