--
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ޓަކައި ފިޝަރީޒް މިނިސްޓްރީން ގިނަ ހަރަކާތްތަކަކާ އެކު "މޫދު ފެސްޓް" ފަށައިފި އެވެ.
މި ހަރަކާތް ކުރިއަށް ދަނީ މިއަދު ހުޅުމާލޭ ފޭސް އެކެއްގެ ގޮނޑުދޮށުގައި މެންދުރު 1:00 އިން ހަވީރު 5:00 އާ ހަމައަށެވެ.
މޫދު ފެސްޓްގައި ކަނޑުގެ މައުލޫމާތު ދިނުމަށް ގިނަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފަ އެވެ. މި ފެސްޓިވަލްގައި ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވެ އެވެ.
މި ހަރަކާތުގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތު ހޯދައިދިނުމަށް ސްޓޯލްތަކުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
މޫދު ފެސްޓުގައި އެންމެ މުހިންމު ކަމެއްގެ ގޮތުން އޮތީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތެވެ.
މިހަރާކާތުގައި މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވި އެވެ. ޑިސްކަވާ ޑައިވް ހަރަކާތުގައި 40 ކުޑަކުދިން ވަނީ ބައިވެރިވެފަ އެވެ.
މި ހަރަކާތަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދިނުމަށް ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތް ކުރުމަށް ބާރުއެޅުމެވެ. މި އިވެންޓްގެ ހުރިހާ ބައިވެރިންނަށާއި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަނީ ހަނދާނީ ސެޓްފިކެޓް ދީފަ އެވެ.
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
އިސްލާމީ އުއްމަތަށް ދިމާވާ މައްސަލަތަކާބެހޭ މަޝްވަރާއަށް ހަލީލް ތުރުކީއަށް
ކަރެކްޝަން ސީޕީގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފި
ދައުލަތުގެ ހަރަދު 23 އިންސައްތަ ދަށްކޮށްފި
ކޮމެންޓް