ކަރެކްޝަން ސީޕީގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފި

ކަރެކްޝަން ސީޕީގެ ނަމުގައި ފުޓްސަލް މުބާރާތެއް ފެށުން: ފޮޓޯ/ ކަރެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހާއްސަކޮށް، ޕްރިޒަން ކުލަބުން ކޮމިޝަނާ އޮފް ޕްރިޒަންސްގެ ނަމުގައި ޕީއާރުސީ ސީޕީ ފުޓްސަލް ޓޯނަމެންޓް 2025 ރޭ ފަށައިފި އެވެ.

މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ޓޯނަމެންޓް އިފުތިތާހު ކޮށްދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާރިމަތު ދިޔާނާ އާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހު އާއި އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ޕްރިޒަން އޮފިސަރުން ބައިވެރިވެ އެވެ.

FEWFWEFE.jpg

އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޓޯނަމެންޓް، ފިރިހެން އަދި އަންހެން ޑިވިޒަނަށް ބަހާލެވިފައިވާއިރު، މި ޓޯނަމެންޓް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ.

އެގޮތުން ފިރިހެން ޑިވިޒަންގައި އެންމެ ޕޮއިންޓް ގިނަ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަކޮށް، ސެމީ އިން މޮޅުވާ ދެ ޓީމް ފައިނަލްގައި ވާދަ ކުރާނެ އެވެ. އަދި އަންހެން ޑިވިޒަންގައި އެންމެ ޕޮއިންޓް ގިނަ ޓީމް ސީދާ ފައިނަލަށް ގޮސް، ދެ ވަނަ، ތިން ވަނަ އަށް އެންމެ ޕޮއިންޓް ގިނަ ދެ ޓީމް ސެމީ ކުޅެ، މޮޅުވާ ޓީމް އެންމެ ޕޮއިންޓް ގިނަ ޓީމާ ވާދަކުރާ ގޮތަށެވެ.

މި ޓޯނަމެންޓްގެ ފިރިހެން ޑިވިޒަންގައި ޓީމް އެޗްކިއު، ޓީމް މާފުށީ ޕްރިޒަން، ޓީމް ހުޅުމާލޭ ޕްރިޒަން، ޓީމް އައްސޭރި ޕްރިޒަން އަދި ޓީމް އީއެސްޖީ ހިމެނޭއިރު، އަންހެން ޑިވިޒަންގައި ޓީމް އެޗްކިއު، ޓީމް މާފުށީ ޕްރިޒަން، ޓީމް އައްސޭރި ޕްރިޒަން އަދި ޓީމް އައިކޯސްޓް ހިމެނެ އެވެ.

ރޭ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗްގައި ވާދަ ކޮށްފައިވަނީ ޓީމް މާފުށީ ޕްރިޒަން އާއި ޓީމް އީއެސްޖީ އެވެ. ފޯރިގަދަ ކުޅުމަކަށްފަހު މެޗް ކާމިޔާބު ކޮށްފައިވަނީ 2-1 އިން ޓީމް މާފުށީ ޕްރިޒަނުންނެވެ.

ޓީމް މާފުށީ ޕްރިޒަންގެ ދެ ލަނޑު ޖަހާފައިވަނީ އަލީ ނާއިފް އާއި އަބްދުﷲ ޝާކިރު އެވެ. ޓީމް އީއެސްޖީ ލަނޑު ޖަހާފައިވަނީ މުޙައްމަދު އަލީ ރަޝީދުއެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަށް ހޮވިފައިވަނީ ޓީމް މާފުށީ ޕްރިޒަންގެ އަބްދުﷲ ޝާކިރު އެވެ.

ކޮމެންޓް

team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

13 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

13 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

18 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

19 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

19 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

19 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

21 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

23 ގަޑިއިރު ކުރިން
team

އިސްލާމީ އުއްމަތަށް ދިމާވާ މައްސަލަތަކާބެހޭ މަޝްވަރާއަށް ހަލީލް ތުރުކީއަށް

1 ދުވަސް ކުރިން
team

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން "މޫދު ފެސްޓު" ފަށައިފި

1 ދުވަސް ކުރިން
team

ދައުލަތުގެ ހަރަދު 23 އިންސައްތަ ދަށްކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy