ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް: ފޮޓޯ/ ފޮރިން މިނިސްޓްރީ
މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިތުރަށް ހަރުދަނާކޮށް، މެމްބަރު ގައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގޮވައިލައްވައިފި އެވެ.
އޯއައިސީގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި ހަލީލް ދެއްވި ތަގުރީރުގައި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަށް ހައްލު ކުރުމަށާއި ސުލްހަ އާއި އިންސާފު ގާއިމު ކުރުމަށް އޯއައިސީ ހަރުދަނާކޮށް އަދި މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލެއްވި އެވެ.
އެމަނިކުފާނުގެ ތަގުރީރުގައި އިސްރާއީލުން މެދުކެނޑުމެއްނެތި ގައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
އަދި ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމު ކުރުމަށް ވަކާލާތު ކުރުމުގައި ރާއްޖެއިން އަބަދު ވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެރުވި އެވެ.
އޭގެ އިތުރުން ފަލަސްތީނު މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހަ އާއި އިންސާފު ގާއިމު ކުރުމަށް ޒަރޫރީ ކަމެއް ކަމަށާއި އަދި މި މަގުސަދު ހާސިލު ކުރުމަށް އޯއައިސީގެ ހުރިހާ ގައުމު ތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ވެސް މިނިސްޓަރު ހަލީލް ވަނީ ގޮވައިލައްވާފަ އެވެ.
އެމަނިކުފާނުގެ ތަގުރީރުގައި، އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރި ކުރައްވައި، އިސްރާއީލުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނު ތަންފީޒު ކުރުމަށް ވެސް ގޮވައިލެއްވި އެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، އިސްރާއީލުން އިރާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި ވެސް ދިވެހި ވަފުދުން ވަނީ ބައިވެރިވެފަ އެވެ.
ހާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯއައިސީގެ ގައުމުތަކުގެ ހާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
އިސްލާމީ އުއްމަތަށް ދިމާވާ މައްސަލަތަކާބެހޭ މަޝްވަރާއަށް ހަލީލް ތުރުކީއަށް
ކަރެކްޝަން ސީޕީގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފި
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން "މޫދު ފެސްޓު" ފަށައިފި
ދައުލަތުގެ ހަރަދު 23 އިންސައްތަ ދަށްކޮށްފި
ކޮމެންޓް