ޕެރަގުއޭގެ އައު ސަފީރާ ރައީސް ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ޕެރަގުއޭގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ފްލެމީ ރައުލް ދުއަރްތޭ ރަމޯސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.
މިއަދު ހެނދުނު އޮތް ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާ އެކު ހިންގަވާފަ އެވެ.
ޕެރަގުއޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވުމުން، އެމަނިކުފާނު ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށް ޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.
އެއަށްފަހު އައު ސަފީރާ ރައީސްއާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން، ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، އިގުތިސާދީ ގޮތުން އެއްބާރުލުން ދިނުމާއި، ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެކުގައި މަސައްކަތް ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމާއި، ދެ ގައުމުގެ މެދުގައި ސަގާފީ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން އިތުރު ކުރުމަށް ވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
އަދި ދެ ގައުމަށް ފައިދާ ކުރަނިވި ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ހުރި އިތުރު ފުރުސަތުތައް ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާކަން ދެ ބޭފުޅުން ވެސް ވަނީ ހާމަ ކުރައްވާފަ އެވެ.
ރާއްޖެއާ ޕެރަގުއޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ.
ކެފޭތަކެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް