އައު ޓާމިނަލްގެ މަސައްކަތް ރައީސް ބައްލަވާލެއްވުން--
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފައާއި އިރުޝާދުގެ ދަށުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ވީއައިއޭގެ އައު ޕެސެންޖާ ޓާމިނަލަށް ފެން ފޯރުކޮށްދިނުމަށް ގާއިމުކުރި ޕައިޕްލައިން ސިސްޓަމް ރަސްމީކޮށް އިފުތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުންނެވެ.
ޝަރީފް ވިދާޅުވީ އެއާޕޯޓުގެ އައު ޓާމިނަލްގެ ކަންކަން މިހާހިސާބަށް ކާމިޔާބުކަމާ އެކު ގެންދެވުނީ އެމްއޭސީއެލް އަށާއި ހާއްސަކޮށް އެމަނިކުފާނަށް ރައީސް މުއިއްޒު ދެއްވަމުން ގެންދަވާ ލަފަޔާއި، އެހީތެރިކަމާއި އިރުޝާދުގެ ތެރެއިން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޝަރީފް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގެވުމާ ހަވާލުވީއްސުރެ، މިއަދާ ހިސާބަށް އެ އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ކަންކަމަށް ރައީސް ދެއްވަމުން ގެންދަވާ އިރުޝާދާއި އެހީތެރިކަން ފާހަގަ ކުރައްވާ އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާފަ އެވެ.
އައު ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ މައި ދޮރޯއްޓަށް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި، އިގުތިސާދީ އެ މުހިންމު ވިއުގައަށް އެހީތެރިކަމާއި ތަރައްގީ ފޯރުކޮށްދިނުމަކީ ރައީސްގެ މުހިންމު ރިޔާސީ ވައުދުފުޅެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެމަނިކުފާނު މި މަސައްކަތަށް މުހިންމު އަހައްމިއްޔަތެއް ދެއްވަމުން ގެންދަވަނީ މި ސަބަބަށް ޓަކައި ކަމަށް ސީއީއޯ ޝަރީފް ވިދާޅުވި އެވެ.
"މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅު ކެނޑިނޭޅި ލިބެމުންދާ މަޝްރޫއެއް،" ޝަރީފް ވިދާޅުވި އެވެ.
އައު ޕެސެންޖާ ޓާމިނަލަށް ފެން ފޯރުކޮށްދިނުމަށް ގާއިމުކުރި ޕައިޕްލައިން ސިސްޓަމަކީ 1،800 މީޓަރު ދިގު ސިސްޓަމެކެވެ. އޭގެ ތެރެއިން 635 މީޓަރު އަޅާފައިވަނީ ފަޅު ތެރޭގަ އެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމުންނެވެ.
ޝަރީފް ވިދާޅުވީ އެ މަސައްކަތް އެމްއޭސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމާ ހަވާލުކުރީ އެ މަސައްކަތަކީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ މަސައްކަތަކަށް ވެފައި، ހަރަދުގެ ގޮތުން ކުންފުންޏަށް ފައިދާވާނެތީ ކަމަށެވެ.
އެމްއޭސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމުން އެ މަސައްކަތް ރެކޯޑު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާތީ ޝަރީފް ވަނީ އެ ޓީމަށް ވެސް ހޫނު މަރުހަބާއެއް ދަންނަވައި، ޝުކުރު އަދާ ކުރައްވައިފަ އެވެ.
ވީއައިއޭގެ އައު ޕެސެންޖާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26ގަ އެވެ. މި ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ.
ވީއައިއޭގެ އައު ޓާމިނަލްގައި ބޭނުން ކުރެވޭ ޒަމާނީ ވަސީލަތްތަކުގެ ތެރޭގައި އެއާ ބުރިޖުތަކާއި، ސެލްފް ޗެކިން ކިއޮސްކުތަކާއި، އޮޓޮމޭޓެޑް ބެގޭޖު ހޭންޑްލިން ސިސްޓަމަކާއި، އަދި ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމެއް ހިމެނެ އެވެ.
ކެފޭތަކެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް