ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

އަލިފާން ރޯވި އެޕާޓްމެންޓް --

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އެޕާޓްމަންޓުގައި ދިރިއުޅޭ މީހުންނަށް މިހާރު ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

މިއަދު ހެނދުނު 7:41 ހާއިރު ރޯވެފައި ވަނީ ހުޅުމާލޭ ދެ ވަނަ ފޭހުގައި ހުންނަ ވިނަރެސް ފުލެޓުގެ 13 ވަނަ ފަންގިފިލާގެ، ހަ ވަނަ އެޕާޓްމަންޓުގަ އެވެ.

އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އެޕާޓްމެންޓުގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައި ކަމަށެވެ.

އެހެންވެ، މި ހާލަތުގައި އެޕާޓްމެންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި ދެ މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން އެ އެޕާޓްމެންޓަށް ވަދެ، ރޯވި އަލިފާން ވަނީ ނިއްވާލާފަ އެވެ.

އަލިފާނުގެ މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ރޯވި އެޕާޓްމެންޓްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކްބެޑެއްގެ ގޮދަޑިއެއް ވަނީ އަނދާފަ އެވެ. އޭގެ އިތުރުން، މުޅި ތަނަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރި ތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

ކޮމެންޓް

team

ކެފޭތަކެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

4 ގަޑިއިރު ކުރިން
team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 ގަޑިއިރު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

6 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

7 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

8 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

22 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

23 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

1 ދުވަސް ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

1 ދުވަސް ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy