ހިދުމަތްތެރި ރެފްރީ އަދި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި މައްލާ ޅަތުއްތު އަވަހާރަވެއްޖެ

މައްލާ ޅަތުއްތު

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ރެފުރީ، އަދި ދައުލަތަށް ވަރަށް ގިނަދުވަހު ޚިދުމަތް ކުރެއްވި  މައްލާ ޅަތުއްތު މިއަދު މެންދުރުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

މައްލާ އަވަހާރަވެވަޑައިގެންނެވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މައްލާއަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ރެފުރީކަމުގެ ދާއިރާގައި ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ފީފާ ބެޖު ހާސިލުކުރެއްވި ފުރަތަމަ ދިވެހި ރެފުރީއެވެ. މައްލާ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ރެފުރީކަން ކުރައްވާފައިވަނީ 1969 އިން 1995 އަށެވެ. އަދި ފީފާ ބެޖުގައި ރެފުރީކަން ކުރައްވާފައިވަނީ 1990 އިން 1993 އަށެވެ.

މައްލާގެ ފަންނީ ހުނަރުވެރިކަން ބައިނަލްއަޤްވާމީ މައިދާނުގައިވެސް ފާހަގަކުރެވިފައިވެއެވެ. އޭނާ ވަނީ އޭޝިއަން ކުލަބު ޗެމްޕިއަންޝިޕާއި، ސާފް ގޭމްސް އަދި ސްރީ ލަންކާގެ ފުރަތަމަ ޑިވިޝަނުގައިވެސް ރެފުރީކަން ކުރައްވާފައެވެ.

މައްލާގެ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، 2021 ވަނަ އަހަރު ދިވެހި ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އޭނާއަށް ލިބިވަޑައިގެންފައިވެއެވެ.

މައްލާ ޅަތުއްތު، ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ 16 އަހަރުގައި، 1964 ވަނަ އަހަރު ސިފައިންގެ މީހެއްގެ ވަޒީފާއަށެވެ. އޭގެ ފަހުން ހޯމް އެފެއާޒްގައި އިނގިރޭސި ކާތިބުކަމާއި ކުޅިވަރު ބައިގެ ސެކްރެޓަރީކަން ކުރެއްވިއެވެ. އެސްޓީއޯގައި 16 އަހަރު ޚިދުމަތްކުރައްވައި، އެންމެފަހުން ސޭލްސް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުކަން ކުރެއްވިއެވެ. ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް މިނިސްޓްރީގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ފައިނޭންސް ސެކްޝަނާއި މާލޭ ހާބަރ ސެކްޝަން ބެލެހެއްޓެވިއެވެ.

އެންމެފަހުން ޚިދުމަތްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އެތަނުގައި 6 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަދި އެންމެފަހުން ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވިއެވެ.

 

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

44 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy