ބްރައިޓަން އިން ރަޓަރގެ 40 މިލިއަން ޕައުންޑުގެ ރިލީސް ކްލޯސް އެކްޓިވޭޓްކޮށްފި

ލީޑްސް ޔުނައިޓެޑްގެ ފޯވަރޑް ޖޯޖީނިއޯ ރަޓަރގެ

ބްރައިޓަން އިން ލީޑްސް ޔުނައިޓެޑްގެ ފޯވަރޑް ޖޯޖީނިއޯ ރަޓަރގެ 40 މިލިއަން ޕައުންޑުގެ ރިލީސް ކްލޯސް އެކްޓިވޭޓްކޮށްފިއެވެ. މީގެ ކުރިން ބްރައިޓަން އިން ހުށަހެޅި އެތައް އޮފަރެއް ބަލައިނުގަތުމަށްފަހު، މިހާރު ރިލީސް ކްލޯސް އެކްޓިވޭޓްކުރުމާއެކު، 22 އަހަރުގެ މި ކުޅުންތެރިޔާ ބްރައިޓަނަށް ބަދަލުވުމުގެ ނިންމުން އޮތީ އޭނާގެ އަތްމަތީގައެވެ.

ބުދަ ދުވަހުގެ ރޭ ލީޑްސްގެ އެލަންޑް ރޯޑް ސްޓޭޑިއަމްގައި ބޭއްވުނު ކެރަބާއޯ ކަޕްގެ ފުރަތަމަ ބުރުގެ މެޗުގައި މިޑްލްސްބްރޯއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ރަޓަރ ވަނީ ބައިވެރިވެފައެވެ. އެ މެޗުން ލީޑްސް ވަނީ 3-0 އިން ބަލިވެފައެވެ.

ބުރާސްފަތި ދުވަހުގެ މެންދަމު 12:00 ގެ ކުރިން ރަޓަރގެ ކޮންޓްރެކްޓްގައިވާ ރިލީސް ކްލޯސް އެކްޓިވޭޓްކޮށްފައިވަނީ ހަމައެކަނި ބްރައިޓަން އިން ކަމަށް ލަފާކުރެވެއެވެ.

މި އަހަރުގެ ކުރީކޮޅު އާރޗީ ގްރޭ ޓޮޓެންހަމަށާއި ކްރައިސެންސިއޯ ސަމަރވިލް ވެސްޓްހެމަށް ވިއްކާލުމަށްފަހު، މިހާރު ލީޑްސް އިން ދަނީ ރަޓަރ އެ ޓީމުގައި ހިފެހެއްޓުމަށް މަސައްކަތްކުރަމުންނެވެ.

ފްރާންސްގެ މި ފޯވަރޑް ކުޅުންތެރިޔާ ލީޑްސްއާ ގުޅުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ހޮފެންހައިމް އިންނެވެ. އޭރު އެއީ ލީޑްސްގެ ރެކޯޑު އަގެއްގައި ހެދުނު ޑީލެކެވެ. އެ ޑީލްގެ އަގު 35 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ރަޓަރގެ ކޮންޓްރެކްޓްގައި އަދިވެސް 4 އަހަރު ބާކީ އޮތްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

46 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy