ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް މިއަދު ގަދަވާނެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ބުނެ ސަމާލުވުމަށް އެދެފިއެވެ. އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނު އިރު، ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވެއެވެ.
މިހާރު ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާތީ، މެޓް އޮފީހުން ވަނީ ފާއިތުވި ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ވަރަށް ގޯސްވެފައިވާއިރު، އިއްޔެ މެޓް އިން ވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ރަނގަޅު ނުވާނެ ކަމަށް ހާމަކޮށްފައެވެ.
މިއަދު މެންދުރު 13:00 އާ ހަމައަށް ނެރުނު ސަމާލުގައި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައިވެއެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައިވެއެވެ.
މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލުގައި، ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އަންގާފައިވެއެވެ.
މިހެންކަމާއި އެކު ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް