އެމްބާޕޭ މެޑްރިޑަށް ފުރިހަމަ ފެށުމެއް

ކައިލިއަން އެމްބަޕޭ، ރިއަލް މެޑްރިޑްގެ ޖާޒީގައި

ފްރާންސްގެ ސްޓްރައިކަރު ކައިލިއަން އެމްބަޕޭ، ރިއަލް މެޑްރިޑްގެ ޖާޒީގައި ފުރަތަމަ ފަހަރަށް ކުޅުނު މެޗުގައި ގޯލެއް ޖަހައިފިއެވެ. މި ގޯލު އެމްބަޕޭ ޖެހީ ޔޫއެފާ ސުޕަރ ކަޕްގެ ފައިނަލްގައި އިޓަލީގެ އަޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުން ރިއަލް މެޑްރިޑް ވަނީ ރެކޯޑު ހަވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ކެޕްޓަން އެމްބާޕޭ މި އަހަރުގެ ކުރީކޮޅު ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އާ ވަކިވެ، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި މެޑްރިޑަށް ބަދަލުވިއެވެ. އެތަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެން ފެށި ތާ 70 މިނެޓު ތެރޭގައި ލަނޑެއް ޖަހައި، އައު ސީޒަނަށް ފުރިހަމަ ފެށުމެއް ދިނެވެ.

"މިއީ ވަރަށް އުފާވެރި ރެއެއް. މި ވަގުތަށް އަހަރެން ވަރަށް ގިނަ ދުވަހު އިންތިޒާރުކުރިން،" ސްޕެނިޝް ބަހުން ފަރިތަކަމާއެކު އެމްބާޕޭ މޫވިސްޓާއަށް ބުނިއެވެ. "މި ޖާޒީ ލައިގެން، މި ބެޖް އަޅައިގެން، މި ސަޕޯޓަރުންނަށްޓަކައި ކުޅުމަކީ އަހަރެންނަށް ލިބުނު ޚާއްޞަ ފުރުޞަތެއް."

ވިނީސިއަސް ޖޫނިއަރ، ޖޫޑް ބެލިންގަމް، ރޮޑްރީގޯ އަދި އެންޑްރިކްގެ އިތުރުން މިހާރު އެމްބާޕޭ ވެސް ކޯޗު ކާލޯ އެންސެލޮޓީގެ އަތްމަތީގައި އޮތުމާއެކު، މިހާރުގެ ޔޫރަޕްގެ އަދި ސްޕެއިންގެ ޗެމްޕިއަންގެ ބާރު އިތުރަށް ވަރުގަދަވެފައިވެއެވެ. އައު ސީޒަނަށް ތައްޔާރުވަމުންދާއިރު، އެމްބާޕޭ ބުނެފައިވަނީ އެމީހުންނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.   

މެޗަށްފަހު ދިން ބަޔާނެއްގައި އެމްބަޕޭ ބުނެފައިވަނީ ރިއަލް މެޑްރިޑާއެކު އޭނާއަށް ހާސިލުކުރެވޭނެ ކަންކަމުގެ ލިމިޓެއް ނެތް ކަމަށެވެ. "އަޅުގަނޑުމެން މިތިބީ ރިއަލް މެޑްރިޑްގައި، އަޅުގަނޑުމެންނަކަށް ލިމިޓެއް ނެތް. އަޅުގަނޑަށް 50 ގޯލު ޖެހޭނެ ނަމަ، އެ 50 ގޯލު ޖަހާނަން. އެހެންނަމަވެސް އެންމެ މުހިންމު ކަމަކީ ކާމިޔާބީ ހޯދުމާއި ޓީމެއްގެ ގޮތުގައި ކުރިއެރުން ހޯދުން. އެއީ އަޅުގަނޑުމެން ކާމިޔާބު ހޯދާނީ ޓީމެއްގެ ގޮތުގައި،" އެމްބަޕޭ ބުނެފައިވެއެވެ.

މެޗުގައި އެމްބަޕޭއާއެކު ފާހަގަކޮށްލެވުނު އިނގިރޭސިވިލާތުގެ މިޑްފީލްޑަރު ޖުޑް ބެލިންގހަމް ބުނެފައިވަނީ އެމްބަޕޭއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. "އޭނާއަކީ ވަރަށް ތޫނު، ވަރަށް ޓެކްނިކަލް ކޮލިޓީ ހުރި ކުޅުންތެރިއެއް. އަދި ވަރަށް ރަނގަޅު ޓީމްމޭޓެއް ވެސް މެ. އޭނާ ޓީމަށް މަސައްކަތްކުރޭ،" ބެލިންގހަމް ފާހަގަކުރިއެވެ.

ރިއަލް މެޑްރިޑްގެ ކޯޗު ކާލޯ އެންސެލޮޓީ ވެސް އެމްބަޕޭގެ ކުޅުމަށް ތައުރީފުކުރައްވައިފިއެވެ. "އެމްބަޕޭ ވަރަށް ރަނގަޅަށް ކުޅުނު. އޭނާ ޓީމާ ވަރަށް ރަނގަޅަށް އަހުލުވެރިވެއްޖެ. ވިނީސިއަސް ޖޫނިއަރއާއި ބެލިންގހަމާ ވެސް ވަރަށް ރަނގަޅަށް ގުޅިގެން ކުޅުނު،" އެންސެލޮޓީ ބުނެފައިވެއެވެ.    

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

26 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy