ނައިބު ރައީސް އެންމެފަހުން ބޭރަށް ކުރެއްވި ދެ ދަތުރުފުޅަށް ހަރަދުވީ 1.8 މިލިއަން ރުފިޔާ: ރައީސް އޮފީސް

ނައިބު ރައީސް ޕެރިހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އީރާނާއި ފްރާންސްގެ ޕެރިހަށް ކުރެއްވި ދަތުރުފުޅަށް 1.8 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް ރައީސް އޮފީހުން އިއްޔެ ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިދިޔަ މަހުގެ 24 އިން 29 އަށް ނައިބު ރައީސް އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ވެރިރަށް ޕެރިހަށް ކުރެއްވި ދަތުރުފުޅަށް 1.3 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އަދި އީރާނުގެ އައު ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް 464,617 ރުފިޔާ ހޭދަވެފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ނައިބު ރައީސް ފްރާންސަށް ކުރެއްވި ދަތުރުފުޅުގައި އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެތުލީޓުންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވިކަމަށާއި، ކުޅިވަރު ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ފްރާންސްގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ކުދިންނާވެސް ބައްދަލުކުރެއްވިކަމަށް ހާމަކޮށްފައިވެއެވެ.

އީރާނަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ސަރުކާރުގެ އިސްވެރިން ކުރައްވާ ދަތުރުތަކުގެ ޚަރަދާއި ހާސިލްކުރެވޭ ކަންކަމުގެ ތަފްސީލް އާންމުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

26 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy