ދިވެހިރާއްޖެއާއި ބަޙްރައިން އާ ދެމެދު ސިލްސިލާ ގޮތެއްގައި ސިޔާސީ މަޝްވަރާތަކެއް ބޭއްވުމަށް އެއްބަސްވެވިއްޖެ

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، ބަހްރެއިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ

ދިވެހިރާއްޖެއާއި ބަހްރެއިންއާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބުރު ބޭއްވުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، ބަހްރެއިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ ބަހްރެއިންގެ ވެރިރަށް މަނާމާގައި ހުންނަ ބަހްރެއިންގެ ޚާރިޖީ ވުޒާރާގައެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ބަހްރެއިންއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުމުގެ މައްޗަށް ދެ ވަޒީރުން އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި ރާއްޖެއާއި ބަހްރެއިންއާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބުރު ބޭއްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ބަހްރެއިނުން ރާއްޖެއަށް ޒަމާނުއްސުރެ ބަހައްޓަވާ ގާތް ގުޅުން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ މި ދަތުރުފުޅަކީ ބަހްރެއިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖެއާއި ބަހްރެއިންއާ ދެމެދު ޤާއިމްކޮށްފައިވާ ސިޔާސީ ގުޅުމަށް މިއަހަރު 44 އަހަރު ފުރޭނެ ކަމެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

30 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy