މިއަދުވެސް މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އޮރެންޖު ސަމާލު ނެރެފި

ރާއްޖޭގެ ރަށެއްގައި ފެންބޮޑުވެފައި

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހަވީރު 6:15 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ހުރި ސަރަހައްދުތަކަށް އޮރެންޖު ސަމާލު ނެރެފިއެވެ.  

މި އެލާޓުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު އޮތްކަމަށް އިންޒާރު ދީފައިވެއެވެ. އަދި ހަމައެއާއެކު، ރާއްޖޭގެ އުތުރު އަތޮޅުތަކަށް ވާރޭވެހި، ވައިގަދަވެ، ކަނޑު ގަދަވުމުގެ ފުރުސަތު އޮތްކަމަށް ބުނެ ޔެލޯ އެލާޓެއްވެސް ނެރެފައިވެއެވެ.

މި ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ރައްޔިތުން ދަތިހާލުގައި ޖެހުމާ ގުޅިގެން، އެމް.އެން.ޑީ.އެފްގެ ސިފައިން ވަނީ މަގުތަކަށް ނިކުމެ، ފެންހިންދުމާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ފުލުހުން ދަނީ މިފަދަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ އެވެ. އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްރަށަށް އުދަ އެރުން ވެސް އެކަށީގެންވެ އެވެ.

މިކަމާއި ގުޅިގެން މޫސުމާބެހޭ އިދާރާއިން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ މި ނުރައްކާތެރި މޫސުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކަނޑު ދަތުރުފަތުރު ކުރުމުގައި ފަރުވާތެރިވުމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

42 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy