ޕީޖީ ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
މެންބަރު ޝާހިދު ވަނީ ޝަމީމް ވަކިކުރަންޖެހޭ 8 ސަބަބު ބަޔާންކޮށް 7 ސަފުހާގެ ސިޓީއެއް ކޮމިޓީއަށް ފޮނުއްވާފައެވެ. މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި މި މައްސަލަ އެޖެންޑާކޮށް، ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަށަން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރިއެވެ.
ޝަމީމް ވަކިކުރަންޖެހޭ ކަމަށް ޝާހިދުގެ ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ރޭޕްގެ ދަޢުވާ އެކަށީގެންވާ ސަބަބެއް ނެތި ފައިލްކުރުމާއި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރެވުނު އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދަޢުވާ ފައިލްކުރުމާއި، އަދި ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމުމެވެ.
މީގެ އިތުރުން މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރެވުނު މީހުން ޓްރެފިކް ކުރުމުގެ ދަޢުވާ އަނބުރާ ގެނައުމާއި، އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދަޢުވާތައް އަނބުރާ ގެނައުމާއި، ކޮވިޑް-19ގެ ތެރޭގައި ވެންޓިލޭޓަރުތަކެއް ގަތުމަށް ކުރި މުޢާމަލާތުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި ދަޢުވާނުކުރުމާއި، ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުތައް ގެންގުޅުމާއި، އަދި ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރ އަދި ތަރުޖަމާނު އަހުމަދު ޝަފީޢު އެއް ޖިންސުން ގުޅުން ހިންގައި އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތުވާ މައްސަލަ ފެންމަތިވުމުން އެކަމަށް ފިޔަވަޅު ނޭޅުމެވެ.
މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ތިން މަރުޙަލާއެއްގައެވެ. ފުރަތަމަ މަރުޙަލާގައި ޖުޑީޝަރީ ކޮމިޓީން މައްސަލަ ބަލައި ފާސްކުރަންޖެހެއެވެ. ދެވަނަ މަރުޙަލާގައި މަޖިލީހުގެ ރައީސް ތަޅުމުގައި އިޢުލާންކުރާނީ ކޮމިޓީން ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާ ކަމަށެވެ. އެންމެ ފަހު މަރުޙަލާގައި، ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. މި ތިން މަރުޙަލާ ފުރިހަމަވުމުން، ޝަމީމްގެ މައްސަލައިގައި ވޯޓަށް އެހުމުގެ ފުރުޞަތު މަޖިލީހަށް ލިބިގެންދާނެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް