ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލް މޫސާ ޒަމީރު، ބަޙްރައިންގެ ވަލީއަހުދުާއި ބައްދަލުކުރެއްވުން /. ފޮޓޯ:ފޮރިން މިނިސްޓްރީ
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލް މޫސާ ޒަމީރު، ބަޙްރައިންގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޝައިޚް ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ރަސްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ ޚާރިޖީ ވަޒީރު މިހާރު ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު ވަނީ ބަޙްރައިންގެ ރަސްގެފާނު، ޝައިޚް ހަމަދު ބިން އީސާ އަލް ޚަލީފާއަށް އެޑްރެސްކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚާއްޞަ ސިޓީފުޅެއް ބޮޑުވަޒީރަށް އަރުވާފައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ޚާރިޖީ ވަޒީރު ވަނީ ބަޙްރައިންއާއެކު އޮތް ޚާއްޞަ ގުޅުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އިސްކަމުގެ ޔަޤީންކަން އާކޮށްދެއްވާފައެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ތަފާތު ފަންތީގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ، ޚާރިޖީ ވަޒީރުގެ ބަޙްރައިނަށް ކުރައްވާ ދަތުރުފުޅުގައި، އެމްބެސެޑަރ އެޓް ލަރޖް އަޙްމަދު ނަސީރު އަދި ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ޙަމީދު ހިމެނޭ ގޮތަށް، ޚާރިޖީ ވުޒާރާގެ އިސް ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
ދިވެހިރާއްޖެއާއި ބަޙްރައިނު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ މިއަހަރާއެކު 44 އަހަރު ފުރިހަމަވާނެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް