2024 އޮލިމްޕިކްސްގެ ނިންމުމުގެ ރަސްމިއްޔާތު
2024 އޮލިމްޕިކްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި، ސްކްރީނާއި އަދި މިއުޒިކްގެ ތަރިން އެއްވެ، 33 ވަނަ އޮލިމްޕިކް ގޭމްސް ނިންމާލައިފިއެވެ.
2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލެސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގެ ދިދަ ހަވާލުކުރުމުގެ ގޮތުން، ދުނިޔޭގެ މަޝްހޫރު އެކްޓަރ ޓޮމް ކްރޫޒް ވަނީ ސްޓޭޑް ޑި ފްރާންސްގެ ފުރާޅުން ތިރިއަށް ފައިބައި، އޮލިމްޕިކް ދިދަ ހިފައިގެން މޮޓޯސައިކަލެއްގައި ދަތުރުކޮށްފައެވެ. މިއީ މި ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވުނު މަންޒަރުތަކުގެ ތެރެއިން އެއް މަންޒަރެވެ.
ނިންމުމުގެ ރަސްމިއްޔާތު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ވެނިސް ބީޗްގައި ރެޑް ހޮޓް ޗިލި ޕެޕާޒް، ބިލީ އައިލިޝް، ސްނޫޕް ޑޮގް އަދި ޑރ. ޑްރޭ ފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ މިއުޒިކް ތަރިން ވަނީ ޚާއްޞަ ޕަރފޯމަންސްތަކެއް ހުށަހަޅާފައެވެ.
މީގެ އިތުރުން، ޕެރިސްގެ ސްޓޭޑިއަމްގައި ބޭއްވުނު ރަސްމިއްޔާތުގައި ގްރޭޓް ބްރިޓަންގެ ދިދަ ހިފައިގެން ދިޔައީ ރަން މެޑަލް ހާސިލުކުރި އެލެކްސް ޔީ އާއި ބްރައޮނީ ޕޭޖްއެވެ. ޔީ ވަނީ ފިރިހެނުންގެ ޓްރައެތްލޮންގައި ހައިރާންކުރުވަނިވި ގޮތަކަށް ކާމިޔާބު ހޯދާފައެވެ. އަދި ޕޭޖް ވަނީ ބްރިޓަންއިން ފުރަތަމަ ފަހަރަށް ޓްރެމްޕޮލިންގެ ރަން މެޑަލް ހޯދުމުގެ ޝަރަފު ހާސިލުކޮށްފައެވެ.
މިއޮލިންޕިކްސްގައި ބްރިޓަން ވަނީ މެޑަލް ތާވަލުގައި 7 ވަނައަށް އައިސް، 14 ރަން، 22 ރިހި އަދި 29 ލޯ މެޑަލް ހާސިލުކޮށްފައެވެ. ޖުމްލަ 65 މެޑަލް ހޯދައި، ޓޯކިޔޯ 2020 ގައި ހޯދި 64 މެޑަލަށްވުރެ އެއް މެޑަލް އިތުރުކޮށްފައިވެއެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބާކް ވަނީ ނިންމުމުގެ ތަޤްރީރުގައި މި އޮލިމްޕިކްސްއަކީ "ސެންސޭޝަނަލް" އޮލިމްޕިކްސްއެއް ކަމުގައި ބުނެފައެވެ.
2024 ގެ ޕެރަލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 28 އިން ސެޕްޓެމްބަރ 8 ކަށްއަށް ފްރާންސްގެ ވެރިރަށް ޕެރިސްގައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް