ޣައްޒާ ސްކޫލަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާޢިލުގެ ހަމަލާތަކުގައި ޝަޙިދުވެގެން ދަނީ ކުށެއްނެތް އާއްމުރައްޔިތުން

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ތަބްއިން ސްކޫލަށް އިޒްރޭލުން އިއްޔެ ދިން ބޮމުގެ ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

މި ހާދިސާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ބޯހިޔާވަހިކަން ހޯދަމުންދާ މި ސްކޫލަށް އަމާޒުކޮށް ދިން ހަމަލާއަކީ ކުޑަކުދިން ހިމެނޭހެން އާންމު ރައްޔިތުންނަށް އަމާޒުކޮށް ދިން ލާއިންސާނީ ހަމަލާއެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި ފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އދ.ގެ ސަލާމަތީ ކައުންސިލްގެ ގަރާރުތަކާ ވެސް ހިލާފު އަމަލެއްކަން ރާއްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ މައުސޫމު، ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅުތައް އެޅުމަށް ވެސް ރާއްޖޭން ގޮވާލާފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭން އަބަދު ވެސް ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް އެ ގައުމުގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލުމުގައި ރާއްޖޭން ދެމިތިބޭނެ ކަމަށެވެ.

ގާޒާގެ އައް-ތާބިއީން ސްކޫލަށް ފަތިހު ދިން އެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށި ފަހުން އެއް ހަމަލާއެއްގައި މިހާ ގިނަ ބަޔަކު ޝަހީދުވި އެއް ހަމަލާ އެވެ. އެ ތަނުގައި އެހީގެ މަސައްކަތުގައި އުޅޭ މީހުން ބުނާ ގޮތުގައި ޝަހީދުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.

ހާލުގައި ޖެހިފައިވާ މީހުން ބައިތިއްބާ ސްކޫލްތަކަށް ހަމަލާ ދިނުމަށް ފަހު، އިޒްރޭލުން މި ފަހަރު ވެސް ބުނީ އެ ތަނުގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ކަމަށެވެ. އެކަމަކު ހަމާސް އިން އަބަދުވެސް ބުނަމުންދަނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުން އުޅޭ އެހެން ތަންތަން އަސްކަރީ ކަންކަމަށް ބޭނުން ނުކުރާ ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy