މާފަންނު ސަހަރާ
މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ހުސްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި، ދީނީގޮތުން އޮންނަ ހަމައާއި އުޞޫލުގެ ދަށުން މާލޭގައިހުރި ސަހަރާތައް ހުސްކޮށްގެން އެތަންތަނުގައި ޕާކިން ޒޯންތައް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ 36،153 އަކަފޫޓުގެ މާފަންނު ސަހަރާ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އުޞޫލާ އެއްގޮތަށް ހުސްކުރަން ބޭނުންވާ ކަމަށާއި، އަދި މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމަށް ހުޅުވާލާފައިވާކަމަށެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެވޭނެ ކަމަށާއި، ބިޑު ހުށައެޅުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ 11:00 ގައި ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
މީގެ ކުރިން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައިވަނީ ޕާކިން ޒޯން ތަރައްޤީކުރުމަށް އެންމެ ފުރަތަމަ ހުސްކުރާނީ މާފަންނު ސަހަރާ ކަމަށެވެ. އަދި ޕާކިންގ ޢިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ މުހިއްމު އެއްކަންތަކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް