ރަސްފަންނުން އަތްދަބަސް ވަގަށް ނެގުމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ދެ މީހުން /ފޮޓޯ:ޕޮލިސް
މާލޭގައި މިއަދު ހިނގި ފޭރުމުގެ ދެ މައްސަލައެއްގައި ޖުމްލަ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުރަތަމަ މައްސަލައިގައި، މިއަދު ހެނދުނު ސޯސަންމަގުން ސައިކަލެއްގައި ދުއްވަމުން ދިޔަ ދެ ފިރިހެނަކު ބިދޭސީއެއްގެ އަތުން ވޮލެޓެއް ފޭރިގަތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ ސ. މަރަދޫ ސަލްޓަންވިލާގެ ދެބެއްކަމަށްވާ މުހައްމަދު ރިމާހު އާއި އިބްރާހިމް ޝުޖާއު އެވެ.
ފުލުހުން ބުނިގޮތުގައި މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެން ސައިކަލު ފަހަތުން ގޮސް އެ ދެމީހުން ހައްޔަރުކުރީއެވެ. ފުރަތަމަ ހައްޔަރުކުރެވުނީ ސައިކަލު ދުއްވި މީހާ ކަމަށާއި، ފަހަތުގައި އިން މީހާ ކައިރީގައި ހުރި ގެއަކަށް ވަދެ ފިލަން އުޅުނު ނަމަވެސް އޭނާވެސް ހައްޔަރުކުރެވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. ހައްޔަރުކުރެވުނު ދެވަނަ މީހާގެ އަތުން ފޭރިގަތް ވޮލެޓް ފެނުނު ކަމަށާއި، އޭގައި ހުރި ބޭރު ފައިސާ އާއި ދިވެހި ފައިސާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ދެވަނަ މައްސަލައިގައި، ރަސްފަންނުގައި މޫދަށް އެރި އުޅުނު ބައެއްގެ އަތްދަބަސް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މޫދު ކައިރީގައި ބާއްވާފައި އޮތް ދަބަސް ގެއްލުމާ ގުޅިގެން ސީސީޓީވީ ފުޓޭޖު ބަލައި އެ ދަބަސް ވަގަށް ނެގި ދެ މީހުން ދެނެގަނެވުނު ކަމަށާއި، ގަޑިއިރެއްހާއިރު ފަހުން މަޖީދީމަގުން އެ މީހުން ހޯދައި ދަބަހާ އެކު ހައްޔަރުކުރެވުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މާލޭގައި ފޭރުމާއި ވައްކަމުގެ މައްސަލަ އިތުރުވެފައިވާ އިރު ދިވެހި ފުލުހުން ގެންދަނީ މާލެތެރެ ބެވެލެހެއްޓުމުގެ ކަންތައްތައް އިތުރަށް ހަރުދަނާކޮށް ކުށްކުރާ ފަރާތްތައް ހައްޔަރުކުރަމުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް