އާއިލީ ވެއްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ މީހެއްގެ ވެސް އަސާސީ ހައްޤެއް: ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާ އަމާޒު ކުރެވިފައިވަނީ އާއިލީ ގުޅުން ބަދަހި ކުރުމުގެ މައްޗަށް

އާއިލީ ވެއްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ މީހެއްގެ ވެސް އަސާސީ ހައްގެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމާއި، އެކަމަށް އިސްލާމްދީން ދޭ އަހަންމިއްޔަތުކަން ފާހަގަކުރެވުނެވެ. އެގޮތުން ސަރުކާރުގެ ބެލުމުގެ ދަށުގައި ގިނަ ބަޔަކު ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކުރެވުނެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ނަފުސާނީ ދަތިތައް ހުންނަ މީހުން އާއިލާގެ އަޅާލުމުން ދުރުގައި ތިބުމަކީ އެ ފަރާތްތަކުގެ ނަފުސާނީ ދުޅަހެޔޮކަމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިކުރުވާނެ ކަމެއްކަމަށް ބުނެވުނެވެ.

އާއިލާގެ މުހިންމު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މާތްﷲގެ ޝިއާރުތައް މަތިވެރިކޮށް، މުޖުތަމައު ހިމާޔަތްކޮށް ދިފާއުކުރާނެ ފަރާތްތައް ތަރުބިއްޔަތުކުރުން ހިމެނޭކަމަށް ޚުތުބާގައި ބަޔާންކުރެވުނެވެ. މި ޒިންމާ އަދާކުރުމަށްޓަކައި އާއިލާގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރެވުނެވެ.

އާއިލީ ގުޅުން ހަރުދަނާކުރުމަށް އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި، އަގުވަޒަންކުރުމާއި، ބިނާކުރަނިވި ފާޑުކިޔުން ބަދަލުކުރުމުގެ މުހިންމުކަން ޚުތުބާގައި ފާހަގަކުރެވުނެވެ. އަދި ތަނަވަސްކަން ލިބިފައިވާ މީހުން ދަތި ހާލުގައި ތިބޭ އާއިލާގެ މެންބަރުންނަށް އެހީތެރިވުމަށް ގޮވާލެވުނެވެ.

މީގެއިތުރުން، އާއިލާގެ ތެރޭގައި ތައުލީމާއި އަމިއްލަ ތަރައްގީއަށް އިސްކަންދިނުމުގެ މުހިންމުކަން ޚުތުބާގައި ފާހަގަކުރެވުނެވެ. މިފަދަ ކަންކަމަކީ ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް މަގުފަހިކޮށްދޭ ކަންކަން ކަމުގައި ބަޔާންކުރެވުނެވެ.

ޚުތުބާގައި ނިންމާލެވުނީ، އިސްލާމްދީނުގައި އާއިލާއަށް ދެވިފައިވާ މަތިވެރި މަޤާމަށް އަލިއަޅުވާލައްވާފައެވެ. އާއިލީ ގުޅުން ދެމެހެއްޓުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއްކަމާއި، މުސްލިމުންގެ ހަޔާތުގައި އާއިލާގެ ދައުރު ވަރަށް މުހިންމުކަން ފާހަގަކުރެވުނެވެ. އެހެންކަމުން، އާއިލާގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އަޅާލައި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް އާއިލާ ބިނާކުރުމަށް ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންވާނެ ކަމުގައި ބަޔާންކުރެވުނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

40 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy