ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ކުޑަ ސުނާމީއެއް އަރައިފި

ޖަޕާނަށް ބިންހެލުން އައުމާއި ގުޅިގެން އާއްމުން އިމާރާތްތައް ދޫކޮށް ބޭރަށް ނިކުމެ

ޖަޕާނުގެ ދެކުނުގައި އޮންނަ މިއާޒާކީ ޕްރިފެކްޗަރއަށް މިއަދު ހެނދުނު ވަރަށް ބާރުގަދަ ބިންހެލުމެއް އައިސް، އެއާ ގުޅިގެން ކުޑަ ސުނާމީއެއް އަރައިފިއެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނާ ގޮތުގައި ބިންހެލުން އައީ 6.9 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެންމެ ފުރަތަމަ ބިންހެލުން ރިކޯޑުކުރެވުނީ 7.1 މެގްނިޓިއުޑްގައި ކަމަށްވިޔަސް، ފަހުން އެ އަދަދު ވަނީ ދަށްކޮށްފައެވެ.

ބިންހެލުމާ ގުޅިގެން އައްސޭރިފަށަށް އަރާފައިވަނީ ގާތްގަނޑަކަށް 2 ފޫޓުގެ ސުނާމީއެކެވެ. ކުރިން ލަފާކުރެވުނީ 3.3 ފޫޓުގެ ސުނާމީއެއް އަރާނެ ކަމަށެވެ. ސުނާމީއާއެކު އެ ސަރަހައްދުގެ ލޮނުގަނޑު ވެސް ފުދޭވަރަކަށް ބޮޑަށް އުފުލިގެން ގޮސްފައިވާ ކަމަށް ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނިޝިނަން ސިޓީއާއި މިޔާޒާކީ ޕްރެފެކްޗަރ ސަރަހައްދަށެވެ. ބިންހެލުން 30 ސިކުންތާއި 1 މިނެޓާ ދެމެދުގެ ވަގުތަކަށް ދެމިގެން ދިޔަ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނެފައިވެއެވެ.

ބިންހެލުމާ ގުޅިގެން ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވީ ނަމަވެސް، އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ. އަދި މި ބިންހެލުމާއި ސުނާމީއާ ގުޅިގެން މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭއިން ބުނެފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

52 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy