ހއ. އުލިގަމުގައި ގާއިމްކުރާ ޕޯޓް ފެސިލިޓީއަށް މުވައްޒަފުން ހޯދަން ފަށައިފި

ބަންކަރިން ޚިދުމަތް ފެށުމަށް ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ:އެމްޕީއެލް

އިހަވަންދިއްޕޮޅުގައި ފަށާ ބަންކަރިން ޚިދުމަތުގައި ހއ. އުލިގަމުގައި ގާއިމްކުރަން ނިންމާފައިވާ ޕޯޓް ފެސިލިޓީއަށް މުވައްޒަފުން ހޯދަން އެމްޕީއެލްއިން މިއަދު އިޢުލާންކޮށްފިއެވެ.

އެމްޕީއެލްއިން މިއަދު ކުރި އިޢުލާނުގައި ވަނީ ޖުމްލަ ހަތް މުވައްޒަފަކު ހޯދަން ބޭނުންވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓަކާއި ލޭބަރެއްގެ އިތުރުން ހަތަރު ސެކިއުރިޓީ އެސިސްޓެންޓުންނެވެ.

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ސަރވިސް އާއި މެރިޓައިމް ޚިދުމަތް ފެށުމަށް ނިންމައި، އެމްޕީއެލްއިން ވަނީ އެ މަސައްކަތް ފަށައިފައެވެ. މީގެ އިތުރުން، ބޭރުގެ ޔޮޓުތައް ގިނަ އަދަދަކަށް އަންނަ އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް ވެސް ނިންމައި، އެ މަސައްކަތް ބިޑަށް ހުޅުވާލައިފައިވެއެވެ.

މި ޚިދުމަތްތައް ދިނުމަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތް ވެސް އެމްޕީއެލްއިން މިހާރު ދަނީ ކުރަމުންނެވެ. އަދި މިދިޔަ ހަފްތާގައި ވަނީ ޚިދުމަތަށް ބޭނުންވާ ބައެއް އުޅަނދުތައް ވެސް ގެނެސްފައެވެ.

އުލިގަމުގައި މި ޕޯޓް ފެސިލިޓީ ގާއިމްކުރުމުން، އިހަވަންދިއްޕޮޅަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ރަށުގެ ތަރައްގީއަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

 

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

46 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy