އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ

ރައީސުލްޖުމުހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒާއި އިންޑިއާގެ ޚާރިޖީވަޒީރުގެ ބައްދަލުކުރެއްވުން / ފޮޓޯ:ރައީސް އޮފީސް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެއެވެ.

ޖައިޝަންކަރު މިކުރައްވާ ދަތުރުފުޅުގެ ތެރޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ތިލަމާލެ ބްރިޖްގެ މަސައްކަތް ބައްލަވާލައްވާނެ އެވެ. އަދި އައްޑޫ ސިޓީއަށް ވަޑައިގެން އިންޑިއާގެ އެހީގައި އެ ސިޓީގައި ހިނގަމުންދާ އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާނެއެވެ. މީގެ ތެރޭގައި އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއާއި ފުލުހުންގެ ކޮލެޖު ހިމެނެއެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާއިރު، ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު ޒަމީރު ވެސް ދާދިފަހުން ވަނީ އިންޑިއާއަށް ވަޑައިގެން ޖައިޝަންކަރާ ބައްދަލު ކުރައްވާފައެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އަވަށްޓެރި އިންޑިއާ އާއި ގުޅުން ގޯސްވެފައި ވީނަމަވެސް މި ފަހަކަށް އައިސް މި ގުޅުން ވަރަށް ބޮޑުތަނުން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން ޖައިޝަންކަރުގެ  މާދަމާގެ މި ދަތުރުފުޅަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ 4 ވަނަ ދަތުރުފުޅުގެ ގޮތުގައި ހިމެނޭ މާދަމާގެ ދަތުރުފުޅު ނިންމަވާލައްވާނީ އައްޑޫ ސިޓީއިންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy