މަތީ ތައުލީމު ހާސިލްކުރާ ކުދިންގެ ސެޓްފިކެޓަކީ ކޮލިޓީ ސެޓްފިކެޓަކަށް ހެދުމަށް އެމްކިއުއޭ އިން ދަނީ މަސައްކަތް ކުރަމުން
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު ނެރުނު އިޢުލާނެއްގައި، ރާއްޖޭގައި ހިންގާ މަތީ ތަޢުލީމުގެ ކޯހަކަށް ވަނުމުގެ ކުރިން އެއީ އެމްކިއުއޭއިން ހުއްދަ ދީފައިވާ ގޮތަށް ހިންގާ ކޯހެއްތޯ ބަލައި ޔަޤީންކުރުމަށް އިލްތިމާސްކޮށްފިއެވެ.
އެމްކިއުއޭއިން ބުނެފައިވަނީ ކޯހަކަށް އެންރޯލްވުމުގެ ކުރިން އެ ޕްރޮގްރާމް އިޝްތިހާރުކޮށްފައިވަނީ އެ އިދާރާއިން ހުއްދަ ދީފައިވާ ގޮތަށްތޯ ބަލައި ޔަޤީންކުރަންވާނެ ކަމަށެވެ. އަދި އެ ކޯހެއް އެމްކިއުއޭއިން ހުއްދަ ދީފައިވާ ކޯސްތަކުގެ ލިސްޓުގައި ހިމެނޭތޯ ބެލުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
އެމްކިއުއޭއިން ހުއްދަ ދީފައިވާ ކޯސްތަކުގެ ތަފްސީލު ފެންނާނެ ދެ ލިންކެއް އެ އިޢުލާނުގައި ހިމަނާފައިވެއެވެ. އެއީ އެމްކިއުއޭގެ ވެބްސައިޓުގައިވާ ކޮލިފިކޭޝަންސް ރަޖިސްޓަރ އަދި ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ލިސްޓެވެ.
މި އިޢުލާން ނެރުމުގެ ކުރިން، ގަވާއިދާ ޚިލާފަށް ކޯސް ހިންގަމުންދާތީ އެމްކިއުއޭއިން ކްލިކް ކޮލެޖާއި އެވިޑު ކޮލެޖަށް މިދިޔަ މަހު ވަނީ ފިޔަވަޅު އަޅާފައެވެ. އެމްކިއުއޭއިން އެ ދެ ކޮލެޖުގެ މައްސަލަ ބަލަން ފެށީ އެ ތަންތަނުގައި ހިންގާ ކޯސްތަކާއި ގުޅޭ ގޮތުން އެ އޮތޯރިޓީއަށް ޝަކުވާތަކެއް ލިބުމުންނެވެ. އަދި އެ ދެ ކޮލެޖަށް ފިޔަވަޅު އެޅީ އެ ޝަކުވާތައް ބެލުމަށްފަހު ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުންނެވެ.
ކޯސްތަކުގައި ހަދަންޖެހޭ އެސައިމަންޓްތައް މީހުންލައްވާ ހަދުވަމުންދާ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތްތަކެއް ވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ފަށާފައިވާކަން މި ފުރުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް