81.5 މިލިއަން ޕައުންޑުގެ އެއްބަސްވުމަކާއެކު އަލްވަރެޒް އެޓްލެޓިކޯއަށް

ޖޫލިއަން އަލްވަރެޒް

މެންޗެސްޓަރ ސިޓީގެ ފޯވަޑް ޖޫލިއަން އަލްވަރެޒް ސޮއިކުރުމަށް އެޓްލެޓިކޯ މެޑްރިޑްއިން 81.5 މިލިއަން ޕައުންޑުގެ އެއްބަސްވުމަކަށް އާދެވިއްޖެއެވެ. މި އަގުގެ ތެރޭގައި ހިމެނެނީ އިބްތިދާއީ ގޮތުން 64.4 މިލިއަން ޕައުންޑާއި އިތުރު 17.1 މިލިއަން ޕައުންޑުގެ އެޑް-އޮންސްއެވެ.

މިއީ މެންޗެސްޓަރ ސިޓީގެ ތާރީޚުގައި އެންމެ ބޮޑު އަގެއްގައި ކުޅުންތެރިއަކު ވިއްކާލި ރެކޯޑު އަގެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2022 ވަނަ އަހަރު ރަހީމް ސްޓަރލިންގް ޗެލްސީއަށް 50 މިލިއަން ޕައުންޑަށް ވިއްކާލުމުންނެވެ.

އަލްވަރެޒް ވަނީ އޭނާގެ މުސްތަޤުބަލާ މެދު ނިންމުމެއް ނިންމާނީ 2024 ވަނަ އަހަރުގެ އޮލިމްޕިކްސްގައި އާޖެންޓީނާގެ ބައިވެރިވުން ނިމުމުން ކަމަށް ބުނެފައެވެ. އާޖެންޓީނާ ޓީމު މިދިޔަ ހުކުރު ދުވަހު ވަނީ ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މުބާރާތުން ވަކިވެފައެވެ.

މެންޗެސްޓަރ ސިޓީގެ މެނޭޖަރ ޕެޕް ގުއާޑިއޯލާ ވަނީ 24 އަހަރުގެ މި ކުޅުންތެރިޔާ ހިފަހައްޓަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އޯގަސްޓް މަހުގެ ކުރީކޮޅު ސީޒަން ފެށުމުގެ ކުރިން އޭނާ އަލްވަރެޒްއަށް "ބަރޯސާވާ" ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، އިލްކޭ ގުންޑޯގަން، ރިޔާޑް މަހްރޭޒް އަދި އޭމެރިކް ލަޕޯޓް ފަދަ ކުޅުންތެރިންނާ މެދު ކުރިން ޢަމަލުކުރި ފަދައިން، ދާން ބޭނުންވާ ކުޅުންތެރިއަކަށް ސިޓީއިން ހުރަސް ނާޅާނެ ކަމަށް ވެއެވެ.

އެޓްލެޓިކޯ މެޑްރިޑްއިން ވަނީ ޗެލްސީގެ މިޑްފީލްޑަރ ކޮނަރ ގެލަގަރ ސޮއިކުރުމަށްވެސް އެއްބަސްވެފައެވެ. ނަމަވެސް އަލްވަރެޒްއާއެކު އަމިއްލަ ޝަރުތުތަކަށް އަދި އެއްބަސްވެވިފައެއް ނުވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy