ޗައިނާ ސަރުކާރުން ދިވެހި ދަނޑުވެރިންނަށް ޒަމާނީ މެޝިނަރީސް އާއި ޓެސްޓިންގ ކިޓްސް ހަވާލުކުރުން. ފޮޓޯ: ދަނޑުވެރިކަމާއި ބެހޭ ވުޒާރާ
ޗައިނާ ސަރުކާރުން ދިވެހި ދަނޑުވެރިންނަށް ޒަމާނީ މެޝިނަރީއާއި ޓެސްޓިންގ ކިޓްތަކެއް ހަދިޔާކޮށްފިއެވެ
ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީ ކަންކަމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އަގުހުރި ހަދިޔާއެއް ފޯރުކޮށްދީފައެވެ.
މިއަދު ބޭއްވުނު "މޯލްޑިވްސް-ސިޗުއާން ވިޔަފާރިއާއި އިންވެސްޓްމަންޓް ކޮންފަރެންސް" ގައި މި ހަދިޔާ ރަމްޒީގޮތުން ބަލައިގަތީ ދަނޑުވެރިކަމާއި މެރިން ރިސޯސަސްގެ ވަޒީރު ޑރ. އާއިޝަތު ރަމީލާއެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ހަދިޔާގެ އަގަކީ 100,000 ޗައިނީސް ޔުއާން ނުވަތަ 224,754 ދިވެހި ރުފިޔާއެވެ.
މީގެއިތުރުން، ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ގުޅޭގޮތުން، ދިވެހި ސަރުކާރާއި ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީ ކަންކަމާބެހޭ އިދާރާއާއި ސިޗުއާން ދަނޑުވެރިކަމުގެ ސައިންސް އެކަޑަމީއާ ދެމެދު އެއްބަސްވުމެއްގައިވެސް މިއަދު ވަނީ ސޮއިކުރެވިފައެވެ.
މި އެއްބަސްވުމުގެ ދަށުން، ޕްރޮޓެކްޓެޑް އެގްރިކަލްޗަރގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުންނާއި ޢިލްމުވެރިންގެ މެދުގައި މަޢުލޫމާތު ޙިއްޞާކުރުމަށް ބޭއްވޭ ތަމްރީނު ޕްރޮގްރާމްތަކާއި، މަސައްކަތު ބައްދަލުވުންތަކާއި އަދި ސެމިނަރތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި، ގުޅުންހުރި އެކި ދާއިރާތަކުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގައި ހިމެނިފައިވާކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް